މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ދިއްދޫ ކައުންސިލުގެ ލޯގޯ، ދިދަ، ވެބްސައިޓް، ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހު ކޮށްފި
Thiladhunmathi News

ދިއްދޫ ކައުންސިލުގެ ލޯގޯ، ދިދަ، ވެބްސައިޓް، ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހު ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހު ކޮށްފިއެވެ. ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހް ކޮށްފައި ވަނީ، ރޭ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން “ޚިދުމަތްތެރިންނާއި އެހީތެރިންގެ ހަނދާނީ ގުލްޒާރު 2022” ގެ ނަމުގައި އެ ރަށުގައި ބޭއްވި ޖަލްސާގައެވެ. އިފްތިތާހް ކޮށްދެއްވާފައި ވަނީ ރޭގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. ކައުންސިލުގެ ރަސްމީ […]

ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ހަނިމާދޫން ހަތަރު ބިމެއް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކޮށްފައިވާ ސިނާއީ ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ އެއް ބިން 20 އަހަރަށް އަދި ހަމަ އެ ސަރަހައްދުން 5000 (ފަސްހާސް) އަކަފޫޓުގެ 3 ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށެވެ. ހަނިމާދޫ ލޭންޑް ޔޫސް ޕްލޭނުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ […]

އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް
Sports

އާސެނަލް އެއްވަނާގައި ފަރަގު ބޮޑުކުރިއިރު، ލެސްޓާ ބަލިކޮށް ނިއުކާސަލް ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓެ ހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލުން ފަރަގު ބޮޑުކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ. ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓް ހޭމުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ […]

ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް
Sports

ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދުކަނޑާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށި މެޗުގައި ޓޮޓެންހަމްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ގިނަ ހަމަލާ އުފެއްދީ ޓޮޓެންހަމުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑެވެ. ފުރަތަމަ ލަނޑު 15 […]

ވޯލްޑް ކަޕަށް ފަހު މިއަދު ޕްރިމިއާ ލީގު އަލުން ފަށަނީ
Sports

ވޯލްޑް ކަޕަށް ފަހު މިއަދު ޕްރިމިއާ ލީގު އަލުން ފަށަނީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދު ކަނޑާލި، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު އަލުން ފަށާނެއެވެ. މިދިޔަ މަހު ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލިއިރު ބައެއް ޓީމްތައް ވަނީ 14 މެޗު އަނެއްބައި ޓީމްތައް ވަނީ 15 މެޗު ކުޅެފައެވެ. ލީގުގެ ފަހުބައި މިއަދު އަލުން ފަށާއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ. އާސެނަލް އެއްވަނާގައި އޮތީ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 5 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލްއަށް […]

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް
Column

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...

ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި
Thiladhunmathi News

ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ހޯރަފުށީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ ތިން މިސްކިތެއް ވަނީ ސޯލާ ކޮށްފައެވެ. އެ ތިން މިސްކިތަކީ މަސްޖިދުލް އައްވާބު، މަސްޖިދުލް އިޚްލާސްގެ އިތުރުން މަސްޖިދުލް ސިއްދީޤެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓް ކައ...

ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، އެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ފައިސާ ދެއްކެވުމަށް ފަހު ރަޖިސްޓްރީވުމަށް އެދޭ...

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކޭއާރުއެޗްގެ އެޕޮއިންޓްމަންޓް ހެއްދުމުގެ އުސޫލަށް ބަދަލެއް
Thiladhunmathi News

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކޭއާރުއެޗްގެ އެޕޮއިންޓްމަންޓް ހެއްދުމުގެ އުސޫލަށް ބަދަލެއް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހާއްސަ ބަލިތަކަށް އެޕޮއިންޓްމަންޓް ހައްދައިދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހިސްޕިއޓަލުން (ކޭއާރުއެޗް) ހާމަ ކޮށްފިއެވެ. އެ ހޮސްޕިޓަލުން ގެނައުމަށް ނިންމާފައިވާ މައިގަނޑު ބަދަލަކީ ހާއްސަ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ދެ ހަފްތާކުރިން އެޕޮއިންޓްމެންޓް ހެއްދޭގޮތަށް މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ކުރިއަށް އޮންނަ ތިން ދުވަހަށް އެޕޮއިންޓްމެންޓް ހެއްދޭ ގޮތަށް ބަދަލު ގެނައުމ...

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހު...

ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2022" ފަށައިފި
Thiladhunmathi News

ހަނިމާދޫ "ސާއްބަ އެނިވާސަރީ ކަޕް 2022" ފަށައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފަށައިފިއެވެ. މިއަދު ހަވީރު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޝީލްޑާއި އަހުލީއެވެ. މި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ […]

އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ތަށި ކޮރަލްސްއަށް، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮކޭ
Thiladhunmathi News

އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ތަށި ކޮރަލްސްއަށް، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮކޭ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ކޮރަލްސް އިން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ކުލަބް ކޮރަލްސް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ސޮސައިޓީ ފޯ ކުޅުޅުދުއްފުށީ ޔޫތު (ސްކައި) ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ތަށި ކޮރަލް ހޯދާފައި މި ވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމު ފައިނަލަށް އައިސްފައި […]

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރަށް
Thiladhunmathi News

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމާއި ފެނަކަ ފޯކައިދޫ ހޭންޑްބޯޅަ ޓީމެވެ. މި މެޗު 15 ލަނޑު 13 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރ ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހެލްތު […]

ޕެނަލްޓީގައި ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި
Sports

ޕެނަލްޓީގައި ފްރާންސް ބަލިކޮށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަށް ފަހު އާޖެންޓީނާއިން ޗެމްޕިއަންކަން ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި މެސީއާއި އެމްބާޕޭގެ ލަނޑުން ދެ ޓީމް 3-3 އެއްވަރުވިއެވެ. ވުމާއެކު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާޖެންޓީނާ މޮޅުވެފައި ވަނީ 4-2 އިންނެވެ. މި […]

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ފެނަކައާއި ހެލްތު ސެންޓަރ
Thiladhunmathi News

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ފެނަކައާއި ހެލްތު ސެންޓަރ

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމާއި ފޯކައިދޫ ހެލްތު ސެންޓަރުގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލުން ފެނަކަ ޖާގަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް […]