އެސްޕަނިޔޯލް އަތުން މޮޅުނުވެވި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި
ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މިރޭ ބާސާގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކްރިސްޓެސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ […]