މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާއަށް
Sports

ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާއަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ކްރޮއޭޝިއާ ހޯދައިފިއެވެ. މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗު ކްރޮއޭޗިއާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން މޮރޮކޯ ބަލިކޮށްގެނެވެ. މުޅިމެޗަށް ބަލާއިރު ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ކްރޮއޭޝިއާއިންނެވެ. މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޕެރިސިޗް މޮރޮކޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ […]

ޒިގްޒެގް ބަލިކޮށް ސްކައި ފައިނަލަށް
Thiladhunmathi News

ޒިގްޒެގް ބަލިކޮށް ސްކައި ފައިނަލަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބަލިކޮށް، މުބާރާތުގެ ފައިނަލުން ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު ސެމީފައިނަލް މެޗު ސްކައި އިން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއަދުގެ މެޗު ފެށިތާ ދެ މިނެޓް ތެރޭ ސްކައި އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި […]

ބުސްކެޓްސް ގައުމީ ޓީމުން ރިޓަޔާކޮށްފި
Sports

ބުސްކެޓްސް ގައުމީ ޓީމުން ރިޓަޔާކޮށްފި

ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 34 އަހަރުގެ ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައި ވަނީ މިއަދުއެވެ. ބުސްކެޓްސް އެންމެ ފަހުން ސްޕެއިން ޓީމަށް ކުޅެފައި ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯއާއި ދެކޮޅަށެވެ. ވޯލްޑް ކަޕްގައި ސްޕެއިން ޓީމްގެ ކެޕްޓަނަކީ ވެސް އޭނާއެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން އިޢުލާން ކޮށް އޭނާ ބުނެފައި […]

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް
Thiladhunmathi News

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ވެސް މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި […]

ބާރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ބާރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފަހާ ކޯހަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އައިސާޓް ގުޅިގެން ބާރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޯހުގެ މުއްދަތަކީ އެއް މަސްދުވަހެވެ. ފެހުމުގެ ތިން ލެވެލް އެއްގެ ކޯސް ހިންގުމަށް އިޢުލާން ކޮށްފައިވާއިރު، ހިންގުމަށް ހަމަޖެހިފައި ވަނީ އެތަނުން އެންމެ ގިނަ ފ...

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް
Thiladhunmathi News

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު […]

ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި
Thiladhunmathi News

ކޮރަލްސް ފައިނަލަށް، ސެމީގައި ޒިގްޒެގާއި ސްކައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުލަބް ކޮރަލްސް ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ސްކައި) ބައްދަލުކުރަން ޖެހިއްޖެއެވެ. މިއަދު ހަވީރު ގްރޫޕް ބުރުގެ ފަހު މެޗުގައި ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކިރި މެޗު ކޮރްލްސް ކާމިޔާބު ކޮށްފައި ވަނީ 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ކޮރަލްސްގެ […...

ޗެމްޕިއަން ފްރާންސް ފައިނަލަށް
Sports

ޗެމްޕިއަން ފްރާންސް ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން މޮރޮކޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނަތީޖާ ނުނެރެވުނު ނަމަވެސް މުޅި މެޗަށް ބަލާއިރު ފްރާންސަށްވުރެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ މޮރޮކޯއިންނެވެ. މި މެޗާއި މޮރޮކޯ ކުރިމަތިލީއިރު، މޮރޮކޯއާއި މި މުބާރާތުގައި […]

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި
Thiladhunmathi News

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސްއެވެ. މި މެޗު 17 ލަނޑު 10 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރުގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު […]

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް
Thiladhunmathi News

ސްކައި އަތުން ޒިގްޒެގަށް މުހިންމު މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް، މެސީއަށް އަނެއްކާ ވެސް ދެ ރެކޯޑެއް
Sports

އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް، މެސީއަށް އަނެއްކާ ވެސް ދެ ރެކޯޑެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ވަނީ އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމަށްވާ ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. މެޗު ފަށައިގެން އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހުމާއި ހަމައަށް ކްރޮއޭޝިއާއިން ވަނީ ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ކްރޮއޭޝިއާއިން ޑޮމިނޭޓް ކުރިނަމަވެސް މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓް […]

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު
Thiladhunmathi News

މާއްޓޭ ސްޕޯޓްސް ބަލިކޮށް ކެޑްގެ ފުރަތަމަ މޮޅު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު […]

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި
Thiladhunmathi News

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ. މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން “...

ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް
Thiladhunmathi News

ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ކޮޅަށް މަޗުގެ ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމާއި ފިޔަވަޅަކާ ގާތަށް ކްލަބް ކޮރަލްސްއިން ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ […]

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި
Thiladhunmathi News

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ. މި މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސް […]