ސްޕެނިޝް ލީގުގެ ސީޒަންގެ ފަހު މެޗުގައި ޗެމްޕިއަން ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ބާސާއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، އެ ދެގޯލުވެސް ޖަހައިދިނީ ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ރޭ ޖެހި ދެ ގޯލާއިއެކު އޭނާ ބާސާއަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ. އޭނާ މި އަދަދަށް ލަނޑު ޖަހާފައި މިވަނީ 147 މެޗުންނެވެ.

Ad
rt

ރޭ މެޗުގައި ބާސާއަށް ތިންވަނަ ލަނޑު ޖަހައިދިނީ އޮލްމޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.

ލީގުގެ ޗެމްޕިއަންކަން ހޯދި ބާސާއިން ލީގު ނިންމާލާފައި މިވަނީ 38 މެޗުން 88 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ހޯދިފައިވަނީ 84 ޕޮއިންޓެވެ. ރޭ މެޗުން ބަލިވި ނަމަވެސް ބިލްބާއޯ އިން ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެ ޓީމް އޮތީ ހަތަރު ވަނާގައެވެ.

މިއީ ބާސާއަށް ކާމިޔާބު ސީޒަނެކެވެ. ލީގުގެ އިތުރުން ސްޕެނިޝް ސްޕަކަޕާއި ކޮޕަ ޑެލް ރޭ ވެސް މި ސީޒަންފައި ބާސާއިން ވަނީ ކާމިޔާބު ކޮށްފައެވެ.