މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ޕޯލްސްޓާއިން އިހަވަންދޫ ސްކޫލްގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށްފި
Raajje

ޕޯލްސްޓާއިން އިހަވަންދޫ ސްކޫލްގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމަށްވާ، ކުލްބަ ޕޯލްސްޓާއިން، އެ ރަށު ސްކޫގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފިއެވެ. ކުލަބް ޕޯލްސްޓާއިން އިހަވަންދޫ ސްކޫލް ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފައި މިވަނީ މާދަމާ ރޭ އޮންނަ ސްކޫލުގެ ޕްރައިޒްޑޭގެ ހާއްސަ ހަފްލާއަށް ސްކޫލް ޒީނަތްތެރި ކުރުމުގެ ގޮތުންނެވެ. އެ ސްކޫލުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް މިއަދު ކޮށްފައި ވަނީ އެ ކުލަބުގެ މެމްބަރުންނެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ވެސް ހޯދާފައި ވ...

ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް
Thiladhunmathi News

ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދި ފައުންޑޭޝަން ގުޅިގެން ދިއްދޫގެ ކޮންމެ ގޭބިސީއަކަށް ފޮތިކޮތަޅެއް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ 994 ދަރިވަރުންނަށް ވަނީ ފޮތިކޮތަޅު ހަދިޔާކޮށްފައެވެ. މީގެއިތުރުން އެ ސްކޫލުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 1100 ކޮތަޅު...

އިހަވަންދޫ ޕޯލްސްޓާއިން ތަރައްޤީކުރި ޑިޖިޓަލް ނޯޓިސް ބޯޑް އެރަށު ސްކޫލާއި ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫ ޕޯލްސްޓާއިން ތަރައްޤީކުރި ޑިޖިޓަލް ނޯޓިސް ބޯޑް އެރަށު ސްކޫލާއި ހަވާލުކޮށްފި

އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިހަވަންދޫ ސްކޫލުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ޑިޖިޓަލް ނޯޓިސް ބޯޑް ރަސްމީކޮށް އެ ސްކޫލާއި ހަވާލުކޮށްފިއެވެ. މި ނޯޓިސްބޯޑް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެ ކަމަށްޓަކައި ރޭ އިހަވަންދޫ ސްކޫލް ގޭޓް ކުރިމަތީ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސްކޫލްގެ ފަރާތުން މި ނޯޓިސް ބޯޑައި ހަވާލުވެލައްވާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދެވެ. މި ނޯޓިސް ބޯޑުގައި ދެބައެއް ހިމެނެއެވެ. އެއީ ޑިޖިޓަލް ބަޔަކާއި އާދައިގެ ބައެކެވެ. މި ނޯޓޮސް […]

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި
Thiladhunmathi News

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައި ވަނީ ދިއްދޫ ސިޓީ ކިއު ރެސްޓޯރެންޓްގައެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުންނެވެ. އެ ޓީމްތަކަކީ ދިއްދޫ ކައުންސިލް، ރޯޑް ރިކްރިއޭޝަން ކްލަބް، ދިއްދޫ ޕޮލިސް ކްލަބް، ހއ އަތޮޅު ހޮސްޕިޓަލް، ފެނަކަ އަދި ތިލައުތުރު ރިކްރިއޭޝަބް […]

ގެއްލުނު ކުއްޖާ ފެނިއްޖެ
Raajje

ގެއްލުނު ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ބުނީ ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހީމް (17) މިހާރު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އައި ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް...

ހދ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ހދ އަތޮޅު ކައުންސިލު ރަމްޒުކޮށްދޭ ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ އެ ކައުންސިލް ރަމްޒުކޮށްދޭ ރަސްމީ ލޯގޯއެއް އޮތުމާއިއެކު ކައުންސިލުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ރަސްމީ ލޯގޯއެއް އޮތުމެވެ. ފަރުމާކޮށް ހުށަހަޅާ ލޯގޯގައި ހދ. އަތޮޅު ނުވަތަ ހދ. އަތޮޅަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރ...

ލީގު ކާމިޔާބުކުރަން ޕީއެސްޖީއަށް ދެން ބޭނުންވަނީ އެއް ޕޮއިންޓް
Sports

ލީގު ކާމިޔާބުކުރަން ޕީއެސްޖީއަށް ދެން ބޭނުންވަނީ އެއް ޕޮއިންޓް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޯޒެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކަށް ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ. ރޭ އޯޒެއާގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޕީއެސްޖީއަށް 36 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ލެންސް އަށް 36 މެޗުން ލިބިފައި ވަނީ 78 ޕޮއިންޓެވެ. މި ކޮންމެ ޓީމަކަށް ލީގުގައި ދެން އޮންނާނީ ބާކީ […]

އިހަވަންދޫ އިމަގުގެ ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދި އަޒާއަށް އިނާމަކަށް އުމްރާ ދަތުރެއް
Thiladhunmathi News

އިހަވަންދޫ އިމަގުގެ ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދި އަޒާއަށް އިނާމަކަށް އުމްރާ ދަތުރެއް

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުރިއަށް ގެންދިޔަ “އަލްމަރްހޫމް ޙުސައިން ޒުހައިރު ހަނދާނީ 19 ވަނަ ޤުރުއާން މުބާރާތް” ގެ ފަހުރުވެރި އެއްވަނަ ހޯދި އަޒާ އިބްރާހީމް އަސްލަމަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މި މުބާރާތުގެ އެއްވަނައަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފައިވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުންނެވެ. މި މުބާރާތުގެ ދެވަނަ ހޯދީ […]

ދިހަ އަހަރަށް ފަހު ޑޯޓްމަންޑުން ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް
Sports

ދިހަ އަހަރަށް ފަހު ޑޯޓްމަންޑުން ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް

ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި އޯސްބާގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ އޯސްބާގްގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ދިހަ ސީޒަންގައި ޖަރުމަނު ލީގު ކާމިޔާބުކުރި ބަޔާން މިއުނިކް ހޮނިހިރު ދުވަހުގެ ރޭ ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ލައިޕްޒިގް އަތުން ބަލިވެފައެވެ. ނަމަވެސް ރޭ މެޗުން ޑޯޓްމަންޑް މޮޅުވުމުން ތާވަލުގެ އެއްވަނަ […]

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނަ އަޒާ އިބްރާހިމް އަސްލަމަށް
Raajje

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއް ވަނަ އަޒާ އިބްރާހިމް އަސްލަމަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އެ ރަށު ހުދުވިލާ އަޒާ އިބްރާހިމް އަސްލަމް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާ ހޯލުގައެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ އަޒާ އިބްރާހީމް އަސްލަމެވެ. އެއްވަނައަށް ޕޯލްސްޓާގެ ފަރާތުން ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުބާރާތުގެ ދެވަނަ ވަނީ ތިން ދަރިވަރަކު ހޯދާފައެވެ. […]

އާސެނަލް ބަލިވުމުން ލީގުގެ ޗެމްޕިއަންކަން ސިޓީއަށް
Sports

އާސެނަލް ބަލިވުމުން ލީގުގެ ޗެމްޕިއަންކަން ސިޓީއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުން އާސެނަލް ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ލިބިއްޖެއެވެ. މިއީ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ހަ ސީޒަންގެ ތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. މިއީ ސިޓީގެ ތާރީޚުގައި އެ ޓީމުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު […]

ފަހުވަގުތު ވިލާއާއި އެއްވަރުކޮށް ލިވަޕޫލުން ގަދަހަތަރެއްގެ އުންމީދު ދަމަހައްޓައިފި
Sports

ފަހުވަގުތު ވިލާއާއި އެއްވަރުކޮށް ލިވަޕޫލުން ގަދަހަތަރެއްގެ އުންމީދު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗުން ވިލާ މޮޅުވާން ދަނިކޮށް، ލިވަޕޫލުން ފަހު ވަގުތު ލަނޑުޖަހައި ނަތީޖާ އެއްވަރުކޮށް ގަދަ ހަތަރެއްގައި ނިންމުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ. މިރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިވަގުތު ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. އެ ޓީމަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، […]

ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން ޖޮބް ފެއާތަކެއް ބާއްވަނީ
Business

ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން ޖޮބް ފެއާތަކެއް ބާއްވަނީ

މި އަހަރުގެ ސެޕްޓެމްބަރ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖޮބް ފެއާތަކެއް ބާންވަ ނިންމައިފިއެވެ. ކޮކޫން ކަލެކްޝަންއިން މި އަހަރު ސެޕްޓެމްބަރ މަހު ޖޯއީ އައިލެންޑްގެ ނަމުގައި ހުޅުވާ ރިސޯޓަކީ މާލެ އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ބޯޓެއްގައި ސާޅީހަކަށް މިނެޓުން ދެވޭނެއެވެ. ޖުމްލަ ހަތް ރަށެއްގައި މި އޯޕަންޑޭ ބާއްވަން ނިންމާފައިވާއިރު، ތިލަ...

ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް

ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެން އިހުގައި ދިވެހިންތެރޭ ތަފާތު ތަކެތި ވިޔެ އުޅުނެވެ. އޭގެތެރޭގައި ދިވެހިންގެ އޭރު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވިޔެ އުޅުނު ތަކެތީގެ އިތުރުން، ހުސް ވަގުތުފުރާލައި ފޫހި ފިލުވައިލަން ވިޔެ އުޅުނު ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި މަސައްކަތްކުރާ މީހުން މަދުވެ، މި ހުނަރުވެރި މަސައްކަތް ވަނީ މުޖުތަމަޢުން ނެތިދާން ފަށާފައެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، އަބްދުﷲ ސުޖާޢު (އަބޫ) އަކީ ރުކުގެ ފަން ބޭނުން ކޮށްގެން ތަފާތު […]

މުރައިދޫގައި ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި
Thiladhunmathi News

މުރައިދޫގައި ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮދޭ ޕްރޮގްރާމް އެ ރަށުގައި ފަށައިފިއެވެ. މިއީ މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. […]