ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުރިއަށް ގެންދިޔަ "އަލްމަރްހޫމް ޙުސައިން ޒުހައިރު ހަނދާނީ 19 ވަނަ ޤުރުއާން މުބާރާތް" ގެ ފަހުރުވެރި އެއްވަނަ ހޯދި އަޒާ އިބްރާހީމް އަސްލަމަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފިއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މި މުބާރާތުގެ އެއްވަނައަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދީފައިވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުންނެވެ. މި މުބާރާތުގެ ދެވަނަ ހޯދީ ޔައިޝާ ޔާސިރު އިބްރާހީމް އެވެ. މުބާރާތުގެ ތިންވަނަ ހޯދީ ފާތިމަތު ނަދްވާއެވެ.
މި މުބާރާތުގެ ނަން "އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދަނީ އެ ޖަމިއްޔާގެ ލޮބުވެތި އެއް މުއައްސިސްކަމަށްވާ ހއ. އިހަވަންދޫ ވައިޖެހޭގެ (ހ.ރިވޯރޑް) ހުސައިން ޒުހައިރުގެ ނަން ދިރުވާ އާލާކޮށް، އެ މަރްޙޫމްގެ ޒިކުރާ އާލާކުރުމުގެ މަޤްޞަދުގައެވެ.
މިއީ އިމަގުން މެދުނުކެނޑި މި މުބާރާތް ބޭއްވި 19 ވަނަ ފަހަރެވެ. އިމަގުން މަޢުލޫމާތު ދީފައިވާ ގޮތުގައި އަންނަ އަހަރު ބާއްވާ އެ ޖަމިއްޔާގެ 20 ވަނަ ޤުރުއާން މުބާރާތް ހާއްސަ ކުރުމުގެ ގޮތުން މުޅި ހއ އަތޮޅަށް ހުޅުވާލަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!