މުޖުތަމަޢުގައި ފުނިޖެހިފައިވާ އާއިލީ މައްސަލަތަކަށް، ނަސޭހަތެއް!
އެންމެ ފަސް ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖޭގައި، ވަރިކައިވެނީގެ ހިސާބުކިތާބަށް ބަލައިލުމުން މުޖުތަމަޢުގައި އާއިލީ މައްސަލަތައް އޮންނާނެ މިންވަރު ކޮންމެވެސް ވަރަކަށް ހިތަށް ގެންނަން ފަސޭހަވާނެއެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި ކިތަންމެ މަދު އާބާދީއެއް އޮތް ނަމަވެސް ވަރީގެ ލިސްޓްގައި ރާއްޖެ އެއްވަނަ ދަމަހައްޓަމުން އަންނަތާ ހަތްވަރަކަށް އަހަރަށް ވުރެ ވެސް ގިނަވެދާނެއެވެ. މިއަދު ވެސް ވަރިކުރުމުގެ “ފަޚުރުވެރި” އެއްވަނާގައި އޮތީ ހަމަ މި ރާއްޖެއެވެ. މި އަހަރުގެ...