ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
ހދ އަތޮޅު ކައުންސިލު ރަމްޒުކޮށްދޭ ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ އެ ކައުންސިލް ރަމްޒުކޮށްދޭ ރަސްމީ ލޯގޯއެއް އޮތުމާއިއެކު ކައުންސިލުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ރަސްމީ ލޯގޯއެއް އޮތުމެވެ.
ފަރުމާކޮށް ހުށަހަޅާ ލޯގޯގައި ހދ. އަތޮޅު ނުވަތަ ހދ. އަތޮޅަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭން ޖެހެއެވެ. ކުލައެއްގެ ގޮތުގައި ބޭނުން ކުރަން ޖެހެނީ އެ ކައުންސިލުގެ ތީމް ކުލަތައް ކަމަށްވާ މެރޫން ކުލައާއި ކަޅު ކުލައެވެ.
ކޮންމެ ފަރާތަކަށް ވެސް އެންމެ ގިނަވެގެން ދެ ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ލޯގޯ އީމެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހދ އަތޮޅު ކައުންސިލުން ބޭނުންކުރުމަށް ފައިނަލްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އީމެއިލް އެޑްރެސް: procurement@haadhaal.gov.mv
އިތުރު މަޢުލޫމާތު: https://storage.googleapis.com/gazette.gov.mv/docs/iulaan/130476.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!