ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހީމް (17) މިހާރު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އައި ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!