މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި

ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ވަނީ މިކަމުގެ އެއްބަސްވުމުގައި މިއަދު މޯލްޑިވްސް އެޝުއަރ ސަޕްލައި އާއި އެކު ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތާއި ހަވާލުވީ ފަރާތުން ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ހަތް ދުވަސްތެރޭ ސަޕްލައި ކޮށްދޭން ޖެހެއެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ […]

ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި
Thiladhunmathi News

ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އެންވީކޭއާއި ބޮޑުމަގެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެންވީކޭއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 12، މުޙައްމަދު […]

ފަހުވަގުތު އިންޓަ މިއާމީ މޮޅުކޮށްދިނީ މެސީ
Sports

ފަހުވަގުތު އިންޓަ މިއާމީ މޮޅުކޮށްދިނީ މެސީ

ލީގު ކަޕްގައި އިންޓަ މިއާމީއާއި މެކްސިކޯގެ ކްރޫޒް އަޒުލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެސީ ލަނޑުޖަހައި އިންޓަ މިއާމީ މޮޅުކޮށްދީފިއެވެ. މި މެޗު ނިމިގެން ދިޔައީ 2-1 އިން އިންޓަ މިއާމީ މޮޅުވެގެންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ މިއާމީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު […]

ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު
Thiladhunmathi News

ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި ކުޅިމަގު ކުޅުނު ފުރަތަމަ މެޗުތައްކުން މޮޅުވިއިރު، ނައިވާދޫއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ހަނިމާދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ […]

ޗެލްސީ ދޫކޮށް އައުބަމެޔަން ފްރާންސްގެ މާސޭއަށް
Sports

ޗެލްސީ ދޫކޮށް އައުބަމެޔަން ފްރާންސްގެ މާސޭއަށް

ޗެލްސީއަށް ކުޅެމުންއައި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އައުބަމެޔަން ފްރާންސް ލީގުގެ މާސޭއަށް ބަދަލުވެއްޖެއެވެ. އުމުރުން 34 އަހަރުގެ އައުބަމެޔަން މާސޭއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާއަށް އެ ކުލަބުން ކުރާ އެއްވެސް ޚަރަދެއްގެ ތައްފްސީލް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2015 ވަނަ އަހަރު ހޯދު އައުބަމެޔަންގެ ކެރިއާގެ އެންމެ މޮޅު ކުޅުމެއް ދެއްކީ އޭނާ 2013 ވަނަ އަހަރުން 2018 ވަނަ […]

ޕީއެސްޖީން އޭސިއާއަށް ކުރާ ދަތުރުގައި އެމްބާޕޭ ނުހިމެނޭ
Sports

ޕީއެސްޖީން އޭސިއާއަށް ކުރާ ދަތުރުގައި އެމްބާޕޭ ނުހިމެނޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ، ޕީއެސްޖީ ޕްރީ ސީޒަންގައި ޖަޕާނަށާއި ދެކުނު ކޮރެއާއަށް ކުރާ ދަތުރަށް އެކުލަވާލި ސްކޮޑުން ބާކީ ކޮށްފިއެވެ. ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އެމްބާޕޭ، އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި ދެން އެ ކުލަބާއިއެކު އިތުރު އެއްބަސްވުމެއް ހަދަން ބޭނުންނުވާކަން މި މަހު ކުރީކޮޅު އޭނާ ކުލަބަށް އެންގުމާއިއެކު އެމްބާޕޭއާއި ޕީއެސްޖީއާއި ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ....

ޔުނައިޓެޑްގެ އައު ކެޕްޓަނަކީ ބްރޫނޯ ފެނާންޑޭޒް
Sports

ޔުނައިޓެޑްގެ އައު ކެޕްޓަނަކީ ބްރޫނޯ ފެނާންޑޭޒް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ހަމަޖައްސައިފިއެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހު ޔުނައިޓެޑްގެ ކެޕްޓަންކަން ކުރީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާއެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗްގެ މަގާމުގައި މިހާރުހުރި ޓެން ހާގް، 2022 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވުމަށް ފަހު ޓީމަށް ގެނައި ބަދަލުތަކާއިއެކު މެގުއާއަށް އާންމުކޮށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެއެވެ. ފާއިތުވި ހަފްތާތެރޭ ކޯޗް ޓެން...

ދިހަ ޓީމާއިއެކު ބޮޑުތިލަދުންމަތީ ފުޓްސަލް މުބާރާތް ފަށައިފި
Thiladhunmathi News

ދިހަ ޓީމާއިއެކު ބޮޑުތިލަދުންމަތީ ފުޓްސަލް މުބާރާތް ފަށައިފި

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން އިހަވަންދޫގައި އިއްޔެ ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އިހަވަންދޫ ބޮޑުމަގެވެ. މި މެޗު 6-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ނައިވާދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 71، މުޙައްމަދު އަސްލަމެވެ. ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ އިހަވަންދޫ އެންވީކޭއާއި އެ […]

ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް
Thiladhunmathi News

ހަނިމާދޫން ދޫކުރާ ޓޫރިޒަމް ބިންތަކަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރިއަށް ދޫކުރާ ބިންތަކުގެ ތެރެއިން  10000 (ދިހަހާސް) އަކަފޫޓުގެ ހަތަރު ބިމަށް އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ބިންތަކަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އިއްޔެ ހެނދުނު ހަނިމާދޫ ކައުންސިލުގެ މީޓިން ހޯލުގައި ބާއްވަން ތާވަލު ކޮށްފައި އޮތް ނަމަވެސް، މަޢުލޫމާތު ސާފުކުރަން ހާޟިރުވި ފަރާތްތައް އިތުރުވެ އެތަނުގައި އެ ބައްދަލުވުން ބޭއްވޭވަރު ނުވުމާއ...

ޔުވެންޓަސް ދޫކޮށް ކުއަޑާޑޯ އިންޓަ މިލާނަށް
Sports

ޔުވެންޓަސް ދޫކޮށް ކުއަޑާޑޯ އިންޓަ މިލާނަށް

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި ކޮލަމްބިއާގެ ވިންގަރ ކުއަޑާޑޯ އިންޓަ މިލާނަށް ސޮއިކޮށްފިއެވެ. އުމުރުން 35 އަހަރުގެ ކުއަޑާޑޯ ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން ސީޒަންގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ވުމާއެކު އޭނާ އިންޓަ މިލާނާއި ގުޅިފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިންޓަ މިލާނަކީ އިޓާލިއަން ލީގުގައި ކުއަޑާޑޯ ކުޅޭ ހަތަރުވަނަ ކުލަބެވެ. މީގެ ކުރިން އޭނާ ވަނީ އުދިނޭޒީ ލެޗޭގެ އިތުރުން ފިއޮރެންޓީނާއަށް ކުޅެފައެވެ. ކުއަޑާޑޯ ޔުވެންޓަސ...

ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
Thiladhunmathi News

ނޮޅިވަރަންފަރު ކަނބަލުންގެ ފުޓްސަލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ ފުޓްސަލް މުބާރާތް މި މަހު 20 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އަމާޒް، ހަބޭސް އެފްސީ، ޓާފް ކުއީންގެ އިތުރުން ޔަންގް ސްޓާއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް […]

ރަޝްފޯޑް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި
Sports

ރަޝްފޯޑް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ހުނަރުވެރި ފޯވާޑް މާކަސް ރަޝްފޯޑް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އުމުރުން 25 އަހަރުގެ ރަޝްފޯޑް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި، އޭނާ މިވަނީ އިތުރު ފަސްއަހަރު ޔުނައިޓެގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހަވާލުވެ އެ ޓީމަށް އިރުޝާދު ދޭންފެށި ފަހުން ރަޝްފޯޑު އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ....

ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރ ކިމް ބަޔާންއަށް
Sports

ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރ ކިމް ބަޔާންއަށް

ފާއިތުވި ސީޒަންގައި އިޓަލީގެ ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ދެކުނު ކޮރެއާގެ ސެންޓަ ޑިފެންޑަރ ކިމް މިން-ޖޭ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ. އުމުރުން 26 އަހަރުގެ ކިމް ޖަރުމަނުގެ ޗެމްޕިއަން ބަޔާންއާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާގޮތުން ބަޔާނުން ވަނީ ކިމްގެ ރިލީޒް ކްލޯޒްގެ ގޮތުގައި 50 މިލިއަން ޔޫރޯ ދައްކާފައެވެ. ނަޕޯލީން ތިރީސް އަހަރަށް ފަހު މިދިޔަ ސީޒަންގައި އިޓަލީ ލީގު ކާމިޔާބު ކުރިއިރު އެ ޓީމްގެ ފަހަތުގައި ކިމް […]

ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ށ. ނަރުދޫގައި ބޭއްވި ފަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލާއި ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ޖޫން ދިހަވަނަ ދުވަހުން ފެށިގެން އަށާރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރަށުގެ 24 ކަނބަލަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ […]

ފުލަމްއިން، ވިލިއަންއާއި އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް
Sports

ފުލަމްއިން، ވިލިއަންއާއި އެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް

ބްރެޒިލްގެ ވިންގަރ ވިލިއަން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޕްރިމިއާ ލީގުގެ ފުލަމްއަށް ސޮއިކޮށްފިއެވެ. އުމުރުން 34 އަހަރުގެ ވިލިއަން މިދިޔަ ސީޒަންގައި ވެސް ކުޅުނީ ފުލަމްއަށެވެ. އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގެ ކުރީކޮޅު ހަމަވުމުން ނޮޓިންހަމް ފޮރެސްޓުން ވިލިއަން ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ކުލަބާއިއެކު އެއްބަސްވުމަކަށް ނުގޮސް ވިލިއަން ވަނީ އަލުން އެއް އަހަރު ފުލަމްގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓްގައި ސޮއި ކޮށްފައެވެ. އެއްބަސްވުން އައު ކުރުމ...