އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫ އަދި ކުޅިމަގާއި ޔުނައިޓެޑް ޔޫތު ވާދަކުރަން ޖެހިއްޖެއެވެ.
މި މުބާރާތުގް ގްރޫޕް ސްޓޭޖް ހުރިހާ މެޗެއް އިއްޔެ ކުޅެ ނިމިފައިވާއިރު، ގްރޫޕް އޭގެ އެއްވަނަ ޔުނައިޓެޑް ޔޫތުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ލިބުނު 8 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ ނައިވާދޫއަށް ވެސް ވަނީ 8 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް ޔޫތަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ގްރޫޕް ބީގެ އެއްވަނަ ހޯދީ ހަނިމާދޫއެވެ. ހަނިމާދޫ އެއްވަނަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށް ލިބުނު 10 ޕޮއިންޓާއިއެކުގައެވެ. މި ގްރޫޕުން ދެވަނަ ހޯދި ކުޅިމަގަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ހަނިމާދޫއަށް އެއްވަނަ ލިބިފައި ވަނީ ލަނޑުގެ ތަފާތުންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު މިއަދު ހަވީރު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ ކުޅިމަގާއި ޔުނައިޓެޑް ޔޫތެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ޓީމް ނައިވާދޫއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!