ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބާރަލާ ސްޕޯޓްސް ކްލަބްގެ ޝިޒްނާ ރަޝީދެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
ފާތިމަތު ޝިފާނާ – ހޯރަފުށީ ޕޮލިސް
މަރިޔަމް މާޔާ – ބާވީސް ސްޕޯޓްސް ކްލަބް
ހައްވާ ސްލައިމާން – ބާވީސް ސްޕޯޓްސް ކްލަބް
އަތުފާ އަބްދުލްސައީދު – ބާރަލާ ސްޕޯޓްސް ކްލަބް
ޝިޒްނާ – ބާރަލާ ސްޕޯޓްސް ކްލަބް
ޒުމްރާ އަހްމަދު – ބާރަލާ ސްޕޯޓްސް ކްލަބް
އައިޝަތު އިބާދާ – ބާރަލާ ސްޕޯޓްސް ކްލަބް
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބާރަލާގެ ކޯޗް ފަތުހުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކްއީން އޮފް ދަ ޓޯނަމަންޓް) އަށް ހޮވުނީ ބާރަލާގެ ޝިޒްނާއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާ ވަނީ އިނާމެއްގެ ގޮތުގައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!