ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ
ރާއްޖެއިން ކޯވިޑް19 ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 18:00ގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ. އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 6،073 މީހުންނަށް ވެކްސިން ދީފައެވެ. އެއީ […]