ހދ. ނޭކުރެންދޫ އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ.

މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

Ad
rt

ނޭކުރެންދޫ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އެވެ.

މުރައިދޫ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ހަމަ އެދުވަހުގެ 12:00 ގައެވެ.

އަންދާސީ ހިސާބު ހުށަހަޅަން ދާން ޖެހެނީ ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ.

މުރައިދޫއާއި، ނޭކުރެންދޫއަކީ ވަރަށް ހުނަރުވެރި ފުޓްބޯޅަކުޅޭ ކުޅުންތެރިންތަކެއް ނިސްބަތްވާ ދެ ރަށެވެ.