ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ހދ. ނޮޅިވަރަންފަރުގައި ބާއްވަން ނިންމައި، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން ހދ. އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، މި މުބާރާތް ކުރިއަށްދާނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައި ކަމަށެވެ.

Ad
rt

މިމުބާރާތުގައި ބައިވެރިވާން އެދޭ ހދ. އަތޮޅުގެ އަންހެން އަދި ފިރިހެން ވޮލީ ޓީމްތަކަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ 11 ފެބުރުވަރީ 2021 ފެށިގެން 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހު 14:00ގެ ނިޔަލަށެވެ. އެ ފޯމް ހުށަހަޅަން ޖެހެނީ ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 01 މާރިޗު 2021 ވާ ހޯމަ ދުވަހު 14:00 އެވެ. ޓީމް ލިސްޓްތައް ވެސް ހުށަހަޅަން ޖެހެނީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. މީގެ އިތުރުން އީމެއިލްގެ ޒަރިއްޔާއިން ވެސް ޓީމް ލިސްޓް ހުށަހެޅޭނެއެވެ. އެ އިދާރާގެ އީމެއިލް އަކީ admin@haadhaal.gov.mv އެވެ. އަދި މެއިލް ކުރުމަށްފަހު އެ ކައުންސިލުގެ 6521633 ނަންބަރު ފޯނާއިގުޅައި، މެއިލް ލިބުނުކަން ޔަގީން ކުރުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

މި ވޮލީ މުބާރާތާއި ބެހޭ މައުލޫމާތު ކަރުދާހާއި ފޯމް ހދ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ހދ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުން؛ www.haadhaal.gov.mv ލިބެންހުންނާނެ ކަމަށް އެ ކައުންސިލް ބުނެއެވެ.

މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ އިދާރާގެ ފޯން: 6528801 ، 6521633 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.