ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ދިވެހި ފިރެހެނެއް ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ ކޯވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު ފަހު 03:42 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވި އެވެ .
މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވި މީހާއާއި އެކު މިބަލި ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު މި ބަލި ދަނީ ފެތުރެމުންނެވެ.
އެޗްއީއޯސީ އިން ވަނީ ކޯވިޑް 19 ގެ އާ ވޭރިއެންޓް ރާއްޖޭން ފެނިފައިވާކަމަށް ވެސް ބުނެފައެވެ. އެގޮތުން މި ވޭރިއެންޓްގެ ސަބަބުން ބަލިޖެހޭ މީހާގެ ފުށުން އިތުރު 5 މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު އޮތް ކަމަށްވެސް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!