އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިބަޖެޓުގެ ދަށުން، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުންހިނގާ ޕްރޮޖެކްޓްތަކުގެ ގޮތުގައި އަލަށް ގިނަ ކަންތައްތަކެއް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އަދި ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަންނަނީ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.
ޕީއެސްއައިޕީ އަކީ ދައުލަތުން ހިނގާ އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ އެ އަހަރަކަށް ދިވެހިރާއްޖޭގެ ތަރައްގީއަށް އިތުރަށް
ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫއުތައް ހިމެނޭ މެދުރާސްތާގެ ޕްލޭނެކެވެ. މިގޮތުން، ޕީއެސްއައިޕީ މަޝްރޫއުތަކަކީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި، ރައްޔިތުންނަށް
ދިރިއުޅުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް ބޭނުންކުރެވޭ މުހިއްމު ވަސީލަތެކެވެ. އަދި މިއީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް
ހުޅުވިގެންދާ ދޮރެކެވެ.
ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި
"ނޭޝަނަލް ރެޖިލިއެންސް އެންޑް ރިކަވަރީ ޕްލޭން" ގައި ހިމެނޭ މަޝްރޫއުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވޭ ޕްލޭނެކެވެ. މިގޮތުން، މި ވައުދުތައް ފުއްދުމަށާއި މި ޕްލޭނުގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާލުމަށް މި ޕީއެސްއައިޕީގައި ޚާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.
2022 އަހަރު ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓަށް ބަލާލާއިރު އެކިރަށްރަށުގައި ބަޖެޓުގައި މިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ފަރަގުވަރަށް ބޮޑެވެ. މާލެއިން އުތުރުން ޕީއެސްއައިޕީ ރަށްތަކަށް ބެހިފައިވާ ގޮތްކަމަށް ބަޖެޓް ފޮތުގައި ލިޔެފައިވާ ޕްރޮޖެކްޓް ތަކުގެ ޖުމްލަ އަދަދު އެންމެ ދަށް ރަށަކަށް އޮތީ ހދ. ވައިކަރަދޫ އެވެ.
އެރަށަށް ހިމަނާފައި އޮތީ 2،241،357 (ދެ މިލިއަން ދެ ލައްކަ ސާޅިސް އެއް ހާސް ތިންސަތޭކަ ފަންސާސް ހަތް ރުފިޔާ) އެވެ. ހއ. ހދ. އަދި ށ އަތޮޅުންވެސް 2 މިލިއަން އޮތީ ހަމައެކަނި ވައިކަރަދޫ އަށެވެ. 2 މިލިއަނަށްވުރެއް ދަށުންް ޕީއެސްއައިޕީއަށް ބަޖެޓުކޮށްފައިއޮތީ ރާއްޖޭގެ ނިސްބަތުން ވަރަށް މަދު ރަށެކެވެ. މާލެ އަތޮޅުން ފެށިގެން އުތުރުންވެސް އެންމެ ދަށް ރަށަކަށް ވައިކަރަދޫ ހިމެނިފައިވާއިރު، 2 މިލިއަނުން ބަޖެޓް ކޮށްފައިވަނީ ރ. ވަންދޫ، ގދ. ހޯޑެއްދޫ އަދި ގދ. ފިޔޯރީ ފަދަ މަދު ރަށެކެެވެ.
ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫhttps://t.co/1DkG7wTkjd pic.twitter.com/NW7Q8A8LEj
— Thiladhun (@thiladhun) November 4, 2021
ހދ. ވައިކަރަދޫ
- ވައިކަރަދޫ ވޮލީ ކޯޓު ގާއިމުކުރުން، (އަލަށްފަށާ)، 180،000 ރުފިޔާ
- ވައިކަރަދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން، (އަލަށްފަށާ) (އަދަދު ހިމަނާފައެއް ނުވޭ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، (އަލަށްފަށާ) (އަދަދު ހިމަނާފައެއް ނުވޭ)
މީގެއިތުރަށް ވައިކަރަދޫއަށް އިތުރަށް ހިމަނާފައިވައިވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައިވާ 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައިވާ 3 މަޝްރޫޢުއަކާއި އަދި ޓެންޑަރިން މަރުހަލާގައިވާ 2 މަޝްރޫޢުއެކެވެ.
އެގޮތުން ވައިކަރަދޫ އައުޓްޑޯރ ޖިމް އަށް 3613 ރުފިޔާ ބަޖެޓް ފޮތުގައި ލިޔެފައިވާއިރު ހެލްތު ސެންޓަރ އެކްސްޓެންޝަން އަށް 193،730 ރުފިޔާ ވަނީ ހިމަނާފަ އެވެ.
ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށް ބަޖެޓް ކޮށްފައިވަނީ 6،078،580 ރުފިޔާ އެވެ.
މިހިނގާ 2021 ވަނަ އަހަރު ވައިކަރަދޫ އަށް ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ބަޖެޓް ހުށައެޅި އިރު އޮތް އަދަދަކީ 4،782،121 ރުފިޔާއެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވެގެން ދިޔައިރުވަނީ 5،782،121 ރުފިޔާ އަށްވަނީ އިތުރުވެފައެވެ. އެހެންކަމުން މިއަހަރުވެސް ބަޖެޓް ފާސްވެގެން އަންނައިރު މިއަދަދު ބަދަލުވެދާނެ އެވެ.
ބަޖެޓް 2022: ހދ. އަތޮޅު 12 ރަށުގައި އަލަށްފަށާ 29 މަޝްރޫޢުއެއް
2021 ވަނަ އަހަރުގެ ޕީއެސްއައިޕީ
2021 ވަނަ އަހަރަށް ފާސްކުރި ޕީއެސްއައިޕީއަކީ 8,441.5 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3,386.9 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަމަށް އަންދާޒާކުރެވުނުއިރު، ދައުލަތަށް ލިބޭ ލޯނު އަދި ހިލޭ އެހީއިން 4,451.9 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަމަށް އަންދާޒާކުރެވުނެވެ. އަދި ޓްރަސްޓް ފަންޑުން 602.7 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބަޖެޓުން ފާސްކޮށްފައިވެއެވެ. މިގޮތުން 2021 ވަނަ އަހަރަށް ފާސްކުރި ޕީއެސްއައިޕީއަކީ ދައުލަތުގެ ޖުމުލަ ބަޖެޓުގެ 24.2 އިންސައްތައެވެ.
2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީ
2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީއަކީ 6,273.0 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް ހުށަހަޅާ ޖުމުލަ ބަޖެޓުގެ 17.0 އިންސައްތައެވެ. އަދި މި އަހަރުގެ ނިޔަލަށް ހިނގާނެކަމަށް މިހާރު އަންދާޒާކުރާ ޕީއެސްއައިޕީއަށްވުރެ 20.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލެވުނު މަޝްރޫއުތައް ނިންމުމަށް އަދި އިގުތިސާދީ އައު ހަރަކާތްތައް އިތުރުކުރާނެ ކަންތައްތަކަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރާނެ މަޝްރޫއުތަކަށް ބަޖެޓުން ޖާގަދީފައިވާނެކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.
2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީ ބަޖެޓު ބެހިފައިވާގޮތަށް ބަލާއިރު، ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން 2,615.3 މިލިއަން ރުފިޔާ،
ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 2,694.3 މިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީއިން 548.9 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑްތަކުން 414.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެ އެވެ.
ބަޖެޓް 2022: ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ބެހިފައިވާ ގޮތްhttps://t.co/nOwgttccz3https://t.co/4Rd8kUs6S9https://t.co/NMdj2Myh1zhttps://t.co/FfqZ8KXAMX pic.twitter.com/3u2ch4TOnz
— Thiladhun (@thiladhun) November 4, 2021
2022 ވަނަ އަހަރަށް ހުށަހަޅާ ޕީއެސްއައިޕީ ބަޖެޓުގައި އަލަށްފަށާ 287 މަޝްރޫއަކަށް 1,342.6 މިލިއަން ރުފިޔާ، ޓެންޑަރިންގ މަރުހަލާގައިވާ 105 މަޝްރޫއަށް 141.0 މިލިއަން ރުފިޔާ ހިމެނޭއިރު ޕްރީޓެންޑަރިންގ މަރުހަލާގައިވާ 290 މަޝްރޫއުއަށް 783.3 މިލިއަން ރުފިޔާ އަދި ހިނގަމުންދާ 431 މަޝްރޫއުއަށް 3,635.2 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި އަހަރުގެ ތެރޭގައި ނިމިފައިވާ 162 މަޝްރޫޢުއެއްގެ ރިޓެންޝަން ފައިސާއަށް 112.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!