ރިސޯޓް ތަރައްޤީ ކުރަން ތިލަދުންމަތިން ހުޅުވާލި 3 ރަށުގެ ތެރެއިން ބިޑު ހުށަހެޅީ އެންމެ ރަށަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެެވެ.
މިދިޔަ އޭޕްރިލް މަހު ހަތް އަތޮޅެއްގެ 16 ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އެރަށްތަކުގެ ތެރެއިން 18 ބީލަން ފޮތް ގަނެފައިވާއިރު 9 ފަރާތަކުން ތަފާތު 7 ރަށަކަށް 13 ބީލަން ހުށަހެޅި ކަމަށެވެ. އެފަހަރު ހުޅުވާލި ރަށްތަކުގެ ތެރެއިން ތިލަދުންމަތިން ހުޅުވާލި ރަށްތަކުގެ ތެރެއިން ބިޑު ހުށަހަޅާފައިވަނީ ހއ. ވެލިފިނޮޅަށް އެކަނި ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެ އެވެ.
ރިސޯޓުތައް ތަރައްގީ ކުރަން މިދިޔަ އޭޕްރިލް މަހު ބީލަމަށް ހުޅުވައިލި ހއ. ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅު އަދި ހދ. ކުޑަފަރުފަސްގަނޑުގެ އަގުވެސް ވަނީ ކުޑަކޮށްފަ އެވެ.
ތިލަދުންމަތިން ރިސޯޓް ތަރައްޤީކުރަން ހުޅުވާލި ރަށްތަކާއި އަގަށް ގެނެވުނު ބަދަލުތައް:
ހއ. އަލިދުއްފަރުފިނޮޅު: 350،000 ޑޮލަރު (ކުރީގެ އަގު: 500,000 ޑޮލަރު)
- ހދ. ކުޑަފަރުފަސްގަނޑު: 210،000 ޑޮލަރު (ކުރީގެ އަގު: 300,000 ޑޮލަރު)
ހއ. ވެލިފިނޮޅު: 420،000 ޑޮލަރު (ކުރީގެ އަގު: 600،000 ޑޮލަރު)
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު ކަމަށެވެ.
ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ބީލަން ހުށަހަޅާފައިވާއިރު، ބާކީ ހުރި ރަށްތަކާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސެސްމަންޓެއް ހެދުމަށް އެމިނިސްޓްރީންވަނީ ނިންމާފައެވެ. އަދި އެއަށްފަހު އެރަށްތަށް އަލުން ބިޑަށް ލުމާމެދު އެމިނިސްޓްރީން ގޮތެއް ނިންމާނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވައިލި 4 ރަށަށް ބިޑު ހުށައެޅީވެސް އެންމެ ފަރާތަކުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން މިއަހަރުގެ މާޗްމަހު ތިލަދުން އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އަލަށް ރިސޯޓު ހަދަން އުތުރުން ހުޅުވާލި 4 ރަށުގެ ބިޑުފޮތް 7 ފަރާތަކުން ގަނެފައިވާކަމަށާއި ނަމަވެސް ބިޑު ފޮތް ހުށަ އެޅީ އެންމެ ފަރާތަކުން ކަމަށެވެ.
ހުއްސާން އިތުރަށް ވިދާޅުވީ ބިޑު ހުށައަޅާފައިވަނީ ނ. ކުންނަމެލައި އަށް އެކަނި ކަމަށެވެ. ހއ. ހއ. އަދި ށ އަތޮޅުން ހުޅުވާލި އެއްވެސް ރަށަކަށް އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ރަށްތަކެއް އާންމުކޮށް ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅު އަދި ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި ވެސް ރިސޯޓު ހަދަން ހުޅުވާލި އެވެ.
ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ރަށްތަކެއް އާންމުކޮށްފައި ވަނީ 27 ޑިސެމްބަރު 2019 ވަނަ ދުވަހު އެވެ. އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅުން ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި ވެސް ރިސޯޓު ހަދަން ހުޅުވާލި އެވެ.
މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައި ވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާނު ކުރި މަޝްރޫއެކެވެ. ކެލާ ސިޓީ ހޮޓަލުގެ މަޝްރޫއު މިހާރު ވަނީ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލުކޮށްފަ އެވެ.
އުތުރުގެ 4 އަތޮޅުން 11 ރަށެއް ފަތުރު ވެރިކަމަށް ހުޅުވާލައި އިޢުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެެވެ. އަހަރެއް ފަހުން މި 11 ރަށުގެ ތެރެއިން ބިޑްއަށް ހުޅުވާލެވުނީ 4 ރަށަކަށެވެ.
ހއ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ
ހއ މާފިނޮޅު (14 ހެކްޓަރު) - 425 އެނދު
ހއ ދައްޕަރު (60 ހެކްޓަރު) (ޗަސްބިން ހިމާޔަތް ކުރާގޮތައް)
ހއ މެދުފުށި (10.9 ހެކްޓަރު) 317 އެނދު
ހއ އަލިދުއްފަރު ފިނޮޅު (3 ހެކްޓަރު)
ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ
ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު
ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު)
ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް
ށ. ނ. ރ އަތޮޅުން އަލަށް ދޫކުރަން ނިންމި ރަށްތައް
ށ ނަލަންދޫ
ށ ކުޑަޅައިމެންދޫ
ށ ފުށިފަރު
ނ ކުންނަމަލައި
މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޯސްޓް ކުޑަކޮށްފައިވާތީ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އަލަށް ރިސޯޓު ހަދަން ދޭ ރަށްތަކަށް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.
ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި ރަށްތައް ހުޅުވުމުން 18،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!