ހދ. ނޮޅިވަރަމުން ކޯވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 109 އަށް އެރިއިރު އެރަށުގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެ އެވެ.

އެރަށުން ވާހަކަ ދެއްކި ޒުވާނަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި އެންބިއުލާންސްގެ ޚިދުމަތް ނުލިބި ހައެއްކަ މަސް ވެދާނެ ކަމަށެވެ. އަދި މިހާލަތުގައި ކޯވިޑް އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ސިއްހީ މަރުކަޒާއި ހަމައަށް ގެންދަނީވެސް އެކި ފަހަރު އެކި އުޅަންދު ތަކުގައެވެ.

Ad
rt

އެގޮތުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ހާލުދެރަވި ދެ ބަލިމީހަކު ޕިކަޕެއްގައި އެރަށު ހެލްތު ސެންޓަރަށް ގެންދާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއްވެސް ވަނީ މީސް މީޑިޔާގައި ދައުރުވެފަ އެވެ.

މިކަމާއި ގުޅޭގޮތުން މިނޫހުން އެރަށު ހެލްތު ސެންޓަރ ހިންގުމާއި ހަވާލުވެހުރި މެނޭޖަރ އާއި ގުޅާލުމުން ވިދާޅުވީ އެރަށުގެ ހާލަތު ގޯސްކަމަށެވެ. އަދި ބަލިމީހުން މަރުކަޒާއިހަމައަށް އުފުލަނީ އެކިފަހަރު އެކި އުޅަންދުގައި ކަމަށާއި އެންބިއުލާންސް ހަލާކުވެފައި އޮންނަތާވީ ދުވަހެއް ސީދާ ދަންނަވަން ދަތިކަމަށެވެ.

އޯގަސްޓް 28 ވަނަ ދުވަހު ނޮޅިވަރަމުން 7 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިން އަށް ގެނެސްފައެވެ.

Mee Miadhuge Haalathu..

Photo thakun thi fennanee Covid-19 ah Positive vefaivaa 2 patients, Haalu dheravegen ithuru...

Posted by Mohamed Hussain - Centey on Thursday, September 2, 2021

މިވަގުތު އެރަށުގައި 109 މީހަކު ޕޮޒިޓިވް ވެފައިވާއިރި މިއަދު އަލަށް ޕޮޒިޓިވްވެފައިވަނީ 25 މީހުންނެވެ. މިއަދު އެރަށުން ނަގާފައިވަނީ 86 ސާންޕަލްއެވެ.

ނޮޅިވަރަމުން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި އަވަށްޓެރި ނޮޅިވަރަންފަރު މީހެއް ވެސް ޕޮޒިޓިވްވުމުން އެޗްޕީއޭއިން ހުސްވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ނޮޅިވަރަންފަރުވެސް މޮނިޓަރިންނަށް ލާފައެވެ. އެއީ އެރަށުން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.