އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ކުރައްވަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

Ad
rt

"އަޅުގަނޑު ވެސް ގަބޫލުކުރަން، މިއީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައި އޮތް ބަޖެޓެއް، އެހެންނަމަވެސް، އުއްމީދުގެ މީގައި، ބަޖެޓުގައި ހުރި ގިނަ ކަންތައްތަކަކީ އެތައް ޒަމާނެއް ވަންދެން އަޅުގަނޑުމެން އުއްމީދުކުރަމުން އައިސް މިއަދާ ހަމައަށް އައިއިރު ހާސިލުނުވެ ޙުރި ގިނަ ކަންތައްތައް އެބަހުރި"

ފިއްޓޭ ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގުއި ހުރި ގިނަ ކަންތައްތަކެއް މި އަހަރުގެ ބަޖެޓުގައި އަލުން ތަކުރާރުވެފައި ވެސް އެބަހުރި ކަމަށާއި، އެކަން އެހެން ދިމާވީ ސަބަބެއް ނެތިއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ދުނިޔެއަށް ދިމާވި ކަމަކާއި، މުޅި ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް އައި ބަދަލާއެކު އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ ރަށަކަށް، ޤައުމަކަށް މި ޤައުމު އޮންނާނެ ކަމަށް މުޅި ދުނިޔެ ވެސް އޭރު އައީ ބުނަމުން ތެދެއްވެ! އެހެންނަމަވެސް، ސަރުކާރުގެ ޙިކުމަތްތެރި މަސައްކަތުން އެންމެ ފުރަތަމަ މިކަމުން ސަލާމަތްވެވިގެން ޢަރައިގަތުމުގެ މަގަށް ބަޖެޓެއް ތައްޔާރުކުރެވިގެން އައި އެއް ޤައުމަކަށް އަޅުގަނޑުމެން މި ވީ." ފިއްޓޭ ވިދާޅުވިއެވެ.

އުންމީދު ކުރަށްވަނީ ކޯވިޑް -19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުމުން ޢަރައިގަނެ، ދިވެހި ރައްޔިތުންގެ ވަޢުދުތައް މި ބަޖެޓްއެކު ފުރިހަމަވެ، އުއްމީދުތައް މިބަޖެޓާއެކު ފުރިހަމަވެގެންދިޔުން ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

ބަޖެޓުން ފާހަގަކުރެވޭ ކަންތައްތައް ފާހަގަ ކުރަށްވަމުން ފިއްޓޭ ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކުމަށް ވަރަށް ބޮޑު ބަޖެޓެއް ހިމެނިފައިވާ ކަމަށާއި، އަދި ސިއްހީ ދާއިރާއަށް ވެސް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަހުސް ކުރިއަށް ގެންދަވަމުން އޭނާ ތަމްސީލް ކުރަށްވާ ވައިކަރަދޫ ދާއިރާގެ ވައިކަރަދޫއަށް ޕީއެސްއައިޕީ ތެރޭން އަންނަ އަހަރު ބަޖެޓުން ޖާގަ ދީފައި އޮތް އަދަދާއި ގުޅޭ ގޮތުން ވެސް ފިއްޓޭ ވަނީ ވާހަކަ ދައްކަވާފައެވެ.

"ހަމައެހެން، އަޅުގަނޑު ވެސް ގަބޫލުކުރަން، އަޅުގަނޑުމެންނަށް ބަޖެޓު އައިއިރުގައި ކޮންމެވެސް ވަރަކަށް ފެނުނު ރަށްރަށަށް ކަނޑައެޅިފައި ހުރި ބަޖެޓުތަކުގެ ތެރެއިން ވައިކަރަދޫގެ ބަޖެޓުގައި މި ފަހަރު 2 މިލިއަން ރުފިޔާ އޮތުމަކީ މިއީ، އަޅުގަނޑަށް ވެސް ކުރިމަތިވި ސުވާލުތަކެއް. 2 މިލިއަން ރުފިޔާ އޮތީ ކީއްވެތޯ ވައިރަކަރަދޫ ބަޖެޓުގައި، ޕީ.އެސް.އައި.ޕީ ބަޖެޓުގައި؟ އެއީ ތެދެއް! ޕީ.އެސް.އައި.ޕީ ބަޖެޓުގައި މި އަހަރު އޮތީ 2 މިލިއަން ރުފިޔާ." ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ އޭނާ ގަބޫލުކުރަށް ވާގޮތުގައި ބަޖެޓުގައި ބޮޑު އަދަދެއް ޖެހުމަކީ މިއަދު ރައްޔިތުން އުފާކުރާ ކަމެއް ނޫންކަމަށާއި، އަދި ވައިކަރަދޫ އެހެން ރައްޔިތުން އެކަން އެގޮތަށް ގަބޫލުކުރާ ކަމަށެވެ.

ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫ

ފިއްޓޭ ވިދާޅުވި ގޮތުގައި ކިރިޔާ ވެސް ބަޖެޓް ތަންފީޒު ކުރަން ފެށުނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ. އަދި މި ދަތި ހާލުގައި ވެސް
ވައިކަރަދޫގައި ދާއިރާގައި 3 ޕްރޮޖެކްޓު ހިނގަމުންނުދާ ހަމަ އެންމެ ރަށެއްވެސް މިހާރު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވައިކަރަދޫއަށް އަންނަ އަހަރު ޕީ.އެސް.އައި.ޕީގެ ގޮތުގައި 2 މިލިއަން ރުފިޔާ އޮތްއިރުގައި މި އަހަރު ލޯނު އެހީގެ ގޮތުގައި ވައިކަރަދޫގެ ނަރުދަމާއެއް އަޅަމުންދާކަން ފާހަގަ ކުރަށްވަމުން 2016 ވަނަ އަހަރަކީ ވައިކަރަދޫއަށް ޕީ.އެސް.އައި.ޕީގެ ގޮތުގައި އެންމެ ބޮޑު ބަޖެޓެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.