ހއ. ތުރާކުނު ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެވެ.

މިނިވަން މެންބަރުން ގޮތުގައި ތުރާކުނު ކައުންސިލަށް އިންތިޚާބުވި މި ދެ މެންބަރުން ޕީޕީއެމްއަށް ސޮއިކުރެއްވިކަން އެ ޕާޓީން ވަނީ މިއަދު ހާމަކޮށްފައެވެ. އެ ދެ ކައުންސިލަރުންނަކީ، ހުސްނާ އިބްރާޙީމްއާއި، ޠާހާ އަލީއެވެ.

Ad
rt

ތުރާކުނުގެ ދެ ކައުންސިލަރަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު، އެ ޕަޓީން ގެންދަނީ "މަވެސް ޕީޕީއެމް" ނަމުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަމުންނެވެ.

އެ ހަރަކާތުގެ ދަށުން މެންބަރުން އިތުރުކުރުމަށް އެ ޕާޓީގެ ޓީމުތައް ދަނީ އަތޮޅު ތަކުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން އުތުރުން ހއ. އަތޮޅުގައި ވެސް އެ ޕާޓީގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.