މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ތިލަދުންމަތިން ފެށިގެން ކޮޅުމަޑުލާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މޫސުމަށް ސަމާލުވުމަށް ދޭ އިރުޝާދުގެ ދަށުން، އެސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 18:00 އިން މިރޭގެ 23:00 ހަމައަށެވެ.
Alert white for strong winds, gusts, and rough seas. pic.twitter.com/NQhy4cFAwr
— Maldives Meteorology (@MetMaldives) July 7, 2021
މި ސަމާލުގެ ވަގުތުގައި މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރަށްވައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!