ކުޅުދުއްފުށީގައި "ހަ ވާ" އަރުވައިފި
ހދ. ކުޅުދުއްފުށީ ސިޓީގައި ހަވާ (ފަޔާވޯކްސް) ބަލަން ދިޔަ މީހުންނަށް “ހަ ވާ” ފެނި އެއްބަޔަކު ރުޅިގަދަވި އިރު، އަނެއްބަޔަކަށް އެކަން ވީ މަޖާކަމަކަށެވެ. އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަށް އިޢުލާންކޮށް އަންގާ ހަދަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްގެ ގޮތުގައި އޮތީ އެރަށު ހިއްކި ސަރަހައްދުގައި “ޕަޗަރާލި ޝޯ، ހަ ވާ އެރުވުން” މިނަން ކިޔާ ހަރަކާތެކެވެ. 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ […]