މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވައިފި އެވެ.
މައުސޫމް އިސްތިއުފާ ދެއްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް އާސިމް މުޙައްމަދު އަށް، އިސްތިއުފާގެ ސިޓީ ފޮނުވާފައިވާކަން މިނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
އެމްޑީޕީގެ ސްލޮޓެއްގައި މައުސޫމް އެމަގާމަށް އައްޔަން ކޮށްފައިވަނީ 06 ފެބްރުއަރީ 2019 ގައެވެ.
އެމްޑީޕީއިން ވަކިވެ ވަޑައިގެން މައުސޫމް މިހާރުވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދި، "ދަ ޑޮމޮކްރޭޓްސް" އަށް ސޮއިކުރައްވާފައެވެ. މިއާއި އެކު، ހދ. މަކުނުދޫ ދާއިރާގެ ރައީސްކަން ވެސް ހުސްވާނެ އެވެ. ވޭތުވެދިޔަ 3 ދައުރުގައިވެސް ބޮޑު އަގުލަބިއްޔަތަކުން މަކުނުދޫ ދާއިރާގެ ރައީސްކަން ކާމިޔާބު ކުރައްވާފައިވަނީ މައުސޫމް އެވެ.
މައުސޫމް ވަނީ ކުރީގެ ރައީސް މުުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމާއި ރައީސް އޮފީހުގެ ފައިނޭޝަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ.
ފެށުނީންސުރެއް ސިޔާސީގޮތުން މައުސޫމް ފެނިގެން ގޮސްފައިވަނީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!