ހުޅުމާލެގައި ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓެއް ޤާއިމް ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު އާބަންކޯގަ އެވެ. އާބަންކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަޙްސަން އެވެ.

Ad
rt

މި އެއްބަސްވުމާއި ގުޅޭގޮތުން އާބަންކޯ އިން ބުނެފައިވަނީ މި އިންސްޓިޓިއުޓް ބިނާ ކުރެވޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.

ހުޅުމާލޭގައި ގިނައަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނައިރު ތަޢުލީމުދޭ ތަންތަނުގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ.

އަލް-މަދީނާ ޕްރައިވެޓް ލިމިޓެޑުގެ ދަށުން މިހާރުވެސް ތަޢުލީމު ފޯރުކޮށްދެމުން އާދެއެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ ހިއްސާ އޮންނަ އެ ކުންފުނީގެ ދަށުން ޢިލްމް އިންސްޓިޓިއުޓުގެ ނަމުގައި އިސްލާމީ ތަމްރީނު ދޭ ތަނަކާއި ކޮއްކޮމެންގެ ޕްރީ ސްކޫލުގެ ނަމުގައި ހިންގާ ސްކޫލެއް ހުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާބަންކޯއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ޤާއިމް ކުރާ ތަޢުލީމު ދޭ މަރުކަޒު އެޅުމަށް ނިންމާފައިވަނީ ރެހެނދި ސުކޫލާއި އިންވެގެން އޮންނަ ހުސްބިމުގަ އެވެ.