ޢަދާލަތު ޕާޓީ (އޭޕީ) ގެ ޢިލްމުވެރިންގެ މަޖިލީހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާ ބައްދަލު ވުމަސްފަހު ޢަދާލަތު ޕާޓީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ މިއީ، މި ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރައްވަން ބޭއްވެވި ބައްދަލު ވުމެއްކަމުގަ އެވެ.

Ad
rt

މި ބައްދަލު ވުމާއި ގުޅޭ އިތުރު ތަފްސީލެއް އެޕާޓީންވެސް އަދި ރައީސް އޮފީހުންވެސް ނުދެއްވަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު "ތިލަދުން" އަށް ވިދާޅުވީ، އޭޕީ އޮތީ ސަރުކާރާއި އެކުކަން ހާމަކުރެއްވި ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް އެ ބޭފުޅުން ތާއިދު ވެސް ކުރައްވާ ކަމަށެވެ.

މިބައްދަލުވުން ކުރިއަށް ގެންދެވީ ރައީސް އޮފީހުގައި ކަމަށް މިޢުވާން ވިދާޅުވި އެވެ.

މި އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭގެ އިން ތާއިދު ކުރައްވަނީ ރައީސް ސޯލިހަށެވެ.