17 އަހަރުގެ ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ކަމަށެވެ.

Ad
rt

ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެކުއްޖާ ދިރިއުޅެނީ ނުވަތަ ގެއްލުނީ ހުޅުމާލެއިންކަމެއް ފުލުހުން ނުބުނެ އެވެ.

ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.