މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ލޭނު ނިމޭ ހިސާބުގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ފުލުހުން ނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 12:04 ހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މި ކަމުގެ އިތުރު ތަފްސީލް އަދި ހާމަކޮށްފައި ނުވާއިރު، އެސަރަހައްދުގައި މިވަގުތުވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!