އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށްފިއެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ނިއު ޔޯކު ކޯޓަށް ވަޑައިގަތުމުންނެވެ.
މިއީ އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރި ފުރަތަމަ ފަހަރުކަމަށް ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި އެ އަންހެން މީހާއަށް ފައިސާ ދެއްވި މައްސަލައިގެ ތުހުމަތުގައެވެ.
BREAKING: Donald Trump is now under arrest in New York City ahead of his arraignment in court https://t.co/0NxzuxZt8I pic.twitter.com/9sdFFunjcM
— CNN (@CNN) April 4, 2023
އެ މައްސަލަ ބަލާ ނިއު ޔޯކްގެ ކޯޓަށް މިއަދު އޭނާ ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމަށް ފަހު އަތުގައި ބިޑި އަޅުވާފައެއް ނުވެއެވެ. ނަމަވެސް އާންމު އުސޫލުން އޭނާގެ އިނގިލީގެ ނިޝާން ނަގާނެއެވެ. އަދި އެއަށްފަހު އޭނާގެ މައްޗަށް އުފުލާ ދައުވާތައް ކޯޓުގައި އިއްވުން ކުރިއަށް ގެންދާނެއެވެ.
ޓްރަމްޕް މިއަދު ހައްޔަރުކޮށްފައިވާއިރު މީސްމީޑިއާގައި އޭނާ ކުރިން ކުރެއްވި ޕޯސްޓެއްގައި އޭނާގެ އަމިއްލަ ނަފުސަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައި ވަނީ ''ރިޕަބްލިކަން ޕާޓީގެ ލީޑިން ކެންޑިޑޭޓް، އަދި އެމެރިކާގެ ކުރީގެ ރައީސް އަންނަ ހަފުތާގެ އަންގާރަދުވަހު ހައްޔަރުކުރާނެ'' ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!