އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފަށައިފިއެވެ.
ވަހީދާ ގެއްލިފައި ވަނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށްކަމަށް އޭނާ އުމްރާއަށް ގެންދިޔަ ތާބިތް ހައްޖު އެންޑް އުމަރާ ގްރޫޕް އިން މަޢުލޫމާތު ދީފައިވެއެވެ.
އެ އަންހެންމީހާ ގެއްލުނު އިރު، އޭނާގެ މޯބައިލް ފޯނާއި އުމްރާ ކާޑު އަދި ދަބަސް ވީ އާއިލާ މެމްބަރުން އަތުގައެވެ. އެ ގުރޫޕުން ބުނެފައިވާ ގޮތުގައި އޭނާ ގެއްލުނު އިރު ލައިގެން ހުރީ ފިޔާތޮށި މާޖެހި ދަނބު ހެދުމަކާއި އަޅައިގެން ހުރީ ކަޅު ބުރުގަލެކެވެ.
އެހެން ޖަމާއަތް ތަކުގެ އެހީތެރިކަމާއި އެކު މައްކާގައި މިވަގުތު އުޅޭ އެއްވެސް ދިވެއްސަކަށް ވަހީދާ ފެނިއްޖެ ނަމަ، ތާބިތް ހައްޖު އެންޑް އުމްރާގެ ހޮޓްލައިން ނަންބަރުތަކަށް 0567066482 0540785217 0560878064 ގުޅާ އެކަން އެންގުމަށް އެ ޖަމާއަތުން ވަނީ އެދިފަ އެވެ.
މިދުވަސްވަރަކީ އުމްރާގެ އަޅުކަން އަދާކުރުމަށް ގިނައަދަދެއްގެ މީހުން މައްކާގެ މާތް ބިމަށް ޒިޔާރަތްކޮށްފައިވާ ދުވަސްވަރެކެވެ. މިފަހަކަށް އައިސް ހުރިހާ ވަގުތެއްހެން ހަރަމް ސަރަހައްދު އޮންނަނީ ތޮއްޖެހިފަ އެވެ.
ބައިގިނަވެ މީހުން ގެއްލުމަކީ އާންމު ކަމެކެވެ. ނަމަވެސް ގުޅޭނެ ފޯނެއް ކާޑެއް ނެތްނަމަ ހޯދުމަކީ އުނދަގޫ ކަމެކެވެ.
އަފްޑޭޓް: ގެއްލިގެން ހޯދަމުން ދިޔަ މީހާ މިހާރު ފެނިފައިވާކަމަށް އެގުރޫޕުން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!