ކޮރޯނާ ވައިރަސްގެ ސަބަބުން ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދު ދޫކޮށްލެވިދާނެތޯ؟
އިސްލާމީ ޝަރީޢަތުގެ މަގްޞަދުތަކަށް ބަލާއިރު، ފުރާނައަށް ގެއްލުންވެދާނެ ފަދަ ނުރައްކާތެރި ވަބާއެއް ޢާއްމުވެފައިވާ ޙާލަތުގައި ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދު ދޫކޮށްލުމުގެ ރުޚްޞަތު (ލުއިކަން) ވަނީ ދެއްވާފައެވެ. ދަތި އުނދަގުލަކަށްވެދާނެތީވެ، ވިއްސާރަވުމުގެ ސަބަބުން ޖަމާޢަތްދޫކޮށްލާ ގޭގައި ނަމާދު ކުރުމުގެ ރުޚްޞަތުވަނީ ދެއްވާފައެވެ. އެއީ ނަފްސަށް އަނިޔާ އެއް ވެދާނެތީވެ އެއް ނޫނެވެ. ވީމާ، ނަފްސަށް ގެއްލުމެއްދީ ހަލާކުކޮށްލަފާނެ ކަމަކުން ސަލާމަތްވުން މާބޮޑަށްވެސް އައުލާކަން ބޮޑެވެ. މަޞްލަޙަތެއް ހޯދުމަށ...