މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ގޭގައި މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެކަމަށް އެއްބާރުލުން ނުދިން މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަންޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމަށްޓަކައި ގޭގައި މަޑުކުރަން އަންގާފައި ވަނިކޮށް، އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާ ގޮތަށް އަމަލުނުކުރި މައްސަލަ މިއަދު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
ފުލުހުން ވިލިމާލެއަށްގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
އެ މީހާ ގޭގައި މަޑުކުރުމަށް އަންގާފައި ވަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުންނެވެ.
ދިވެހި ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓުރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤާނޫން ނަމްބަރ: 7/2012 (އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤަނޫން) ގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު އަށް ލިބިފައިވަ ބާރުގެ ތެރެއިން ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ކަރަންޓީނު ކުރުމުގެ މަސައްކަތުގެ ދަށުން ފުލުހުން ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭ އަށް މިއަދު މެންދުރު ގެ ވަގުތެއްގައި ހަވާލު ކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ޕެނަލް ކޯޑު ގެ 121 މާއްދާގެ ދަށުން ފުލުހުން ދަނީ ކުރަމުންކަމަށާއި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ޚިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ދާނެ ކަމުގައި ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!