ކޮވިޑް-19 އިން ހދ. މަކުނުދޫ ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެރަށުގެ ކައުންސިލާއި، ހެލްތު ސެންޓަރާއި، ކޮވިޑް-19 މަކުނުދޫ ޓާސްކު ފޯހާއި، އަދި އެނޫންވެސް ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.
އެގޮތުން އެރަށުގެ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ރައްޔިތުން އަމަލުކޮށް، ސަމާލުކަންދޭންވީ ގޮތުގެ އިރުޝާދުތައް އެކައުންސިލުން ދަނީ ދެމުންނެވެ.
އެގޮތުން ރައްޔިތުން ސަމާލުވުމަށް އެދި އާންމުކޮށްފައިވާ އިރުޝާދުތައް:
- އަތޮޅުގެ އެއްރަށުން އަނެއް ރަށަށް ނުގޮސް ނުވާވަރުގެ މުހިންމު ބޭނުމެއް އޮވެގެން މެނުވީ ދަތުރު ނުކުރުން.
- ރަށުގައި ބޭންކުގެ ޚިދުމަތްދޭ ދުވަހު، ރޯގާޖެހި ކެއްސާ ކިނބިހި އަޅާ ބޭފުޅުން ބޭންކުގެ ޚިދުމަތް ހޯދުމަށް ކައުންސިލަށް
ނުދިއުން. - އެކިކަހަލަ ކުޅިވަރު މުބާރާތްތައް ރަށުގައި އެއްވެސް ފަރާތަކުން ނުހިންގުން.
- ރޯގާގެ އަސަރު ހުންނަނަމަ މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުން.
- މިސްކިތުގައި ކެއްސާ ކިނބިހި އަޅާއިރު އަތް ލަންބާ، އަތުގެ އުޅަނބޮއްޓާއި ދިމާ އަނގަމަތީ އަޅާ އަނގަ އާއި ނޭފަތް
ނިވާކުރުން. - ނަމާދަށް ސަފުގައި ތިއްބަވާ ވަޤުތު ފިޔަވައި، މިސްކިތުގައި ތިއްބަވާއިރު ވީހާވެސް އެކަހެރިކޮށް އެކަކު އަނެކަކާ ދުރުގައި ތިބުން.
- ޢާއްމު ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރަންޓް ތަކާއި ވިޔަފާރިގާޑިޔާ ތަކުގައިވެސް އަތް ދޮވެވޭނޭ އިންތިޒާމް ނުވަތަ
ސެނިޓައިޒަރ އިން އަތް ސާފުކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައި ބެހެއްޓުން. - ކޮވިޑް-19 އާއި ގުޅުވައިގެން މަކުނުދޫގައި އުފައްދާފައިވާ ޓާސްކްފޯސްގެ ހުއްދަ ނެތި، ކޮވިޑް-19 އާއި
ގުޅުވައިގެން އެއްވެސް ޙަރަކާތެއް އެރަށުގައި، ޢާއްމު ފަރުދަކު ނުވަތަ ޖަމްޢިއްޔާ ޖަމާޢަތަކުންވެސް ނުހިންގުން.
މަކުނުދޫއަށް ޒިޔާރަތްކުރާ ފަރާތްތައް ސްކްރީން ކުރުން:
މަކުނުދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެރަށަށް އަރާފައިބާ މީހުން ސްކްރީން ކުރުމުގެ މުހިންމު މަސައްކަތެއް އެރަށުގައިވަނީ ފައްޓާފައެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ ރަނަގަޅު ނަތީޖާއަކާއި ހަމައަށް ދިޔުމުގެ ގޮތުން މަކުނުދޫން ލަފާ ފުރާ އުޅަނދު ފަހަރާއި ޒިޔާރަތް ކުރާ ފަރާތްތަކުގެ މަޢުލޫމާތު 30 މިނިޓް ކުރިން ހިއްސާ ކުރުމަށް މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުންވަނީ އެދިފައެވެ. އަދި އެކަމަށް ޚާއްސަ ތިންބޭފުޅެއް ކަނޑައަޅައި، މޯބައިލް ނަމްބަރު ތަކާއިއެކުވަނީ އާންމުކޮށް އަންގައި ޢިއުލާން ކޮށްފައެވެ.

ދޮރުން ދޮރަށް ހިނގައި މަޢުލުމާތު ފޯރުކޮށް ދިނުން
މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުން މަކުނުދޫގެ ގޭބިސީތަކަށް ދޮރުން ދޮރަށް ހިނގައި، ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

އެހަރަކާތުގެ ތެރެއިން ކޮވިޑް-19 އާއި ބެހޭ މައުލޫމާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލުއި ފޮތެއްވެސް އެރަަށު ރައްޔިތުންނަށް ބަހާފައެވެ.
ސިއްޚީމަރުކަޒުގައި އިންތިޒާމްތަކެއް!
ކޮވިޑް-19 އަށް ރައްޔިތުން ރައްކާތެރި ކުރުމުގެ ފިޔަވަޅެއް ގޮތުން މަކުނުދޫ ސިއްޚީ މަރުކަޒުންވަނީ އެމަރުކަޒަށް އަންނަ ފަރާތްތަކަށް ސެނިޓޭޒަރ ބޭނުން ކޮށްގެންނާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އޭގެ އިތުރުން އެސިއްޚީ މަރުކަޒުންވަނީ އެމަރުކަޒަށް ޑަކްޓަރަށް ދައްކަން އަންނަ ފަރާތްތަށް ހޭލުންތެރިކޮށް، ސަމާލުވާންވީ ކަންކަން އަންގައިދިނުމަށް ކޮވިޑް-19 އާއި ގުޅުން ހުރި މައުލޫމާތުތައް އެފަރާތްތަކަށް ފެންނާނޭހެން ބަހައްޓާފައެވެ.

ސިއްޚީ މަރުކަޒުން އާންމުން ސަމާލުކަންދޭންވީ ކަންކަމުގެ ގޮތުގައި ބުނެފައިވަނީ:
- ނޮވެލް ކޮރޮނާވައިރަސް (ލޮވިޑް-19) އަށް ޝައްކު ކުރެވޭނަމަ ހަދާނީ ކިހިނެއް؟
- ޞިއްޙީ މަރުކަޒަށް ގުޅާފައި ނޫނީ ޑަކްޓަރަށް ދައްކަން ނުދިއުން،
- ގޭގައި އެހެން މީހުންނާއި އެކަހެރިކޮށް ވަކިން ކޮޓަރިއެއް ހުރުން / ތަނެއްގައި ހުރުން
- 3 ފޫޓު ދުރުގައި ހުރެގެން އެހެން މީހުންނާއި މުޢާމަލާއިތް ކުރުން
- އަނގައާއި ނޭފަތް ނިވާ ކުރުމަށް މާސްކު ބޭނުން ކުރުން
- ޞިއްޙީ މަރުކަޒުން ބަލާ އައުމުން ނޫނީ ކޮޓަރިން ނުނުކުތުން.
މަކުނުދޫއިން ދަނީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ހޭލުން ތެރިކުރުމަށް އެހެން ރަށްތަކުންވެސް ދެނެގަތުން މުހިންމު ނަމޫނާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!