ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ މަސްވެރިން ގުޅިގެން މަސައްކަތްކުރާނެކަމަށް ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.
ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ މަސްވެރިން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ މަސްވެރިން ގުޅިގެން މަސައްކަތްކުރާނަން إنْ شاء الله
— Maldives Fishermen (@DhiMasverin) March 17, 2020
އިތުރަށް އެޖަމްޢިއްޔާއިން ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި [ލޮކް ޑައުން] އިއުލާނުކޮށް، ކެފޭ، ރެސްޓޯރަންޓް ފަދަ ވިޔަފާރިތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ޔޫރަޕުގައި [ފްރެޝް] މަހުގެ ވިޔަފާރި ދަށްވެ، ރާއްޖޭގެ މަސްވެރިކަމަށް ބޮޑު ގެއްލުމަކާއި ވަނީ ކުރިމަތިލާންޖެހިފައި ކަމަށެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށް ނިންމާފައެވެ. އަދި މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
އޭގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 25 ރުފިޔާއަށްވުރެ ކުޑަނޫން އަގެއްގައި ބޮޑުކަންނެލި ގަންނަނަމަ ލޯނު ފެސިލިޓީސް ދޭންވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!