އިސްލާމީ ޝަރީޢަތުގެ މަގްޞަދުތަކަށް ބަލާއިރު، ފުރާނައަށް ގެއްލުންވެދާނެ ފަދަ ނުރައްކާތެރި ވަބާއެއް ޢާއްމުވެފައިވާ ޙާލަތުގައި ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދު ދޫކޮށްލުމުގެ ރުޚްޞަތު (ލުއިކަން) ވަނީ ދެއްވާފައެވެ.
ދަތި އުނދަގުލަކަށްވެދާނެތީވެ، ވިއްސާރަވުމުގެ ސަބަބުން ޖަމާޢަތްދޫކޮށްލާ ގޭގައި ނަމާދު ކުރުމުގެ ރުޚްޞަތުވަނީ ދެއްވާފައެވެ. އެއީ ނަފްސަށް އަނިޔާ އެއް ވެދާނެތީވެ އެއް ނޫނެވެ. ވީމާ، ނަފްސަށް ގެއްލުމެއްދީ ހަލާކުކޮށްލަފާނެ ކަމަކުން ސަލާމަތްވުން މާބޮޑަށްވެސް އައުލާކަން ބޮޑެވެ. މަޞްލަޙަތެއް ހޯދުމަށްވުރެ ލިބިދާނެ ގެއްލުމަކުން ދުރުހެލިވުން އިސްކުރުން އެއީ ފިގްހީ ގާޢިދާ އެކެވެ.
މި ޙާލަތުގައިވެސް މިސްކިތުގައި ބަންގި ގޮވުން ކުރިޔަށް ގެންދަންވާނެއެވެ. މި ޙާލަތުގައި ބަންގީގައި "ޙައްޔަ ޢަލައްޞަލާތި، ޙައްޔަ ޢަލަލް ފަލާޙް" ގެ ބަދަލުގައި "ޞައްލޫ ފީ ރިޙާލިކުން" (ތިޔަބައިމީހުން ގޭގައި ނަމާދު ކުރާށެވެ.) ކިޔަންވާނެއެވެ.
މި ޙާލަތުގައިވެސް ހެނދުނާއި ހަވީރުގެ ޛިކްރުތަކަށް ރައްކާތެރިވުމާއި ގިނަގިނައިން އިސްތިޣްފާރުކޮށް (ފާފަ ފުއްސެވުން ދެއްވުން އެދި ދުޢާ ކުރުން) ގުރްއާން ކިޔެވުން ގިނަކުރަންވާނެއެވެ.
އިންޝާﷲ ދާދި އަވަހަށް މިވަބާ އިން އަޅުގަޑުމެން އެންމެން ސަލާމަތްކޮށްދެއްވާނެ. وبالله التوفيق.
ޖަވާބު ދެއްވީ ޑރ މުޙައްމަދު އިޔާޒް އަބްދުލް ލަތީފް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!