މިހާރުވެސް 40 އަށްވުރެ ގިނަ ދޯނިން 200 ޓަނަށްވުރެ ގިނަމަސް ނުކިރި، ހަދާނެ ގޮތްހުސްވެފައި އެބަތިބިކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިން ބުނެފިއެވެ.
އެޔޫނިއަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައޖ ބުނެފައިވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިޤުތިސާދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ޙިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިފައިވާކަމީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައެވެ.
ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ބޮޑުކަންނެލި މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް އެކަށޭނެ ނަފާއެއް ހޯދުމަށް ހާއްސަ ކޮށް މަސަކަތްކުރެވޭ ދުވަސްވަރެއްކަން ފާހަގަ ކުރާކަމަށާއި ނަމަވެސް ކޯވިޑު 19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑުދައްވަމުން ދާކަމަށްބުނެ ބޮޑުކަންނެލި މަސްގަންނަފަރާތްތަކުން ކަންނެލިގަތުން ދައްކޮށްފައިވާތީއާއި، މަސްބޭރުކުރުމަށް ހުރަސްތަށް ކުރިމަތިވަމުންދާތީ އެތަށް ސަތޭކަ މަސްވެރި އާއިލާތަކެއްގެ އާމްދަނީ ވަނީ ހުއްޓުމަކަށް އައިސްފައިވާކަމަށް އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މިވަގުތުވެސް 40 ހަށްވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނދަރުތަކުގައި ތިބިކަމީ މި ޖަމުއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ބޮޑު ކަންނެލި މަސްވެރިކަމުން ނަފާލިބި ދިވެހިރާއްޖޭގައި ދިރިއުޅޭ 30 ހާހެއްހާ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރަތްތަށް ފުއްދައިގެން ތިބެވޭނެ މަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސްގަންނަ ފަރާތްތަކަށް ގޮވާލަމެވެ.
އެ ޔޫނިއަން އިން ބުނެފައިވެއެވެ.
ދުނިޔޭގެ އިޤްތިސޯދު ރަނގަޅު، މަހުގެ ޑިމާންޑް ރަނގަޅު ވަގުތުތަކުގައިވެސް ބޮޑުކަންނެލި މަސްވެރީންނަށް ރަނގަޅު އަގެއްގައި މަސްކޮޅު ވިއްކާނުލެވޭކަން ހިތާމަޔާއި އެކު ފާހަގަކުމެވެ. 2008 އިން ފެށިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން ފައިދާވެފައި ވަނީ، މުއްސަދި މަދު ވިޔަފާރިވެރިންނަށް އެކަނި ކަމަށާއި އެބައިމީހުންގެ މުދާ އިތުރުވެ ވިޔާފަރި އިތުރަށް ފުޅާކުރިކަމަށް ބުނެފައިވެއެވެ.
އާންމު މަސްވެރިންތިބި މީ އޮތްގޮތް ކަމަށް ގަބޫލުކޮށް ބުރަމަސައްކަތްކުރުމުގައެވެ.
އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސަރުކާރާއި ބޮޑުކަންނެލި ގަންނަފަރާތްތަކާއި ބޮޑުކަންނެލި މަސްވެރިން ހިމެނޭ ގޮތަށް މަޝްވަރާ ކުރެވި މަސްވެރީންނަށް އެމީހުންގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތަށް ފުއްދައިގެން އުޅެވޭ ވަރުގެ ފައިސާގެ ތަނަވަސްކަން ފޯރުކޮށްދެވޭނެ ވަރުގެ ގޮތްތަކެއް ހަމަޖައްސައި އަވަސް ފިޔަވަޅު ތަކެއްއަޅައި، މަސްވެރިކަމުގެ ސިނާއަތު ސަލާމަތްކޮށްދިނުމަކީ ސަރުކާރެއްގެ އެންމެބޮޑު އެއް ޒިންމާކަމުން، ދިމާވެފައިމިވާ މައްސަލަ ތަކަށް އަވަސް ހައްލެއް ހޯއްދަވައި ދިނުމަށް އެ ޔޫނިއަން އިން ގޮވާލާފައިވެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން ގެ މައިގަނޑު އެއް މަޤްޞަދަކީ، ބޮޑުކަންނެލި މަސްވެރިކަމުގައި މަސައްކަތްކުރާ މަސްވެރިންނާއި، މަސްވެރިއާއިލާތަކާއި އޮޑިވެރިންގެ ހައްޤުތައް ރައްކާތެރިކޮށް، އެހައްޤުތަކާއި އެކު އިންޑަސްޓްރީވެސް ކުރިއެރުން ކަމުގައިވުމުން، މިފަދަ ދަނޑިވަޅުތަކުގައި މުޅިސިނާއަތުގެ މަސްލަޙަތު އިސްކޮށް ހިކުމަތްތެރިކަމާއެކު ހައްލުތަކެއް ހޯއްދަވައި ދެއްވުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
މި ޤައުމާއި ދިވެހި ރައްޔިތުންނާއި އެންމެހައި މަސްވެރިން މިފަދަ ނުރައްކާތެރި ރޯގާ ތަކުން ސަލާމަތްކޮށްދެއްވައި މަސްވެރިންބާނާ މަސްކޮޅު ރަނގަޅު އަގުގައި ކިރޭނެ ގޮތް މެދުވެރިކުރައްވާން ދޭވެ! އާމީން
ނޫސް ބަޔާން ނިންމާލަމުން ލިޔެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!