އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އުލިގަމު ކައުންސިލުން މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދުގެ އަރިހުން އެދެފިއެވެ.

މިއަދު އެކައުންސިލުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް އެޑްރެސް ކުރައްވާ ފޮވުނި ސިޓީގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް (ކޯވިޑް-19) ބަލިން ރައްކާތެރިވުމަށް ޤާނޫނު ނަންބަރު 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާވުމާއެކު މިރަށުގެ ރައްޔިތުންގެ
އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެރަށް އަންނަ ރާއްޖެއިން ބޭރުގެ އުޅަނދު ފަހަރު އައުން މިދުވަސްވަރު އިތުރުވެފައިވާ އިތުރުވުން ކަމަށެވެ.

Ad
rt

އެގޮތުން އާންމު ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އޮތްކަން އެކައުންސިލަށް ލިބެމުންދާ ވާހަކަ ވަނީ ދަންނަވާފައެވެ. އަދި
މިކަމުގެ މަޝްވަރާ އެރަށު ޓާސްކް ފޯސްއިން ކުރެވި ކައުންސިލްގައި އެދިފައިވަނީ މިވަގުތު އެރަށަށް އަންނަ ބޭރުގެ އުނޅަދުފަހަރު އައުން ހުއްޓާލެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވއިދެއްވުން ކަމުގައި އެސިޓީގައި ބުނެފައިވެއެވެ.

އެކައުންސިލުން އެދިފައިވަނީ މިވަގުތުގެ ހާލަތައް ބަލައި ވަގުތީ ގޮތުން ރާއްޖެއިން ބޭރުން އަންނަ އުނޅަދު ފަހަރު އައުން ހުއްޓާލަ ދެއްވުމަށެވެ.

އުލިގަމަކީ އާއްމުކޮށް ޔޮޓު ބަނދަރު ކުރާ، ކްރޫޒްކުރާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެގޮތުން 2012 އާ ހަމައަށް އަހަރަކު 120 އާއި 150 އާ ދޭތެރޭ އަދަދަކަށް ޔޮޓް ބަނދަރު ކުރެ އެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހާ ދޭތެރޭ އެގޮތަށް ޔޮޓްތައް ބަނދަރު ކުރެ އެވެ. އެއީ ދުނިޔެ ވަށާ ދުއްވާ ސެއިލަރުން އޭޝިއާގައި އުޅެފައި ޔޫރަޕަށް ދިއުމަށް ދަތުރު ފަށާ މޫސުމެވެ. އުލިގަމަށް ގިނަ ޔޮޓް ފަހަރު އަންނަނީ އިންޑޮނީޝިއާ އާއި ތައިލެންޑްގެ އިތުރުން ލަންކާގައި މަޑުކޮށްފައި އަރަބި ކަނޑު ހުރަސްކުރަން ދަތުރު ފެށުމުގެ ކުރިންނެވެ. ގިނައިން ޔޮޓް އައި ދުވަސްވަރު ސީޒަން ތެރޭ، ބަނދަރުގައި 25-45 އާ ދެމެދުގެ އަދަކަށް ޔޮޓްތައް އޮވެ އެވެ.