ހެޔޮއެދޭ ފަރާތަކުން ހދ. ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފިއެވެ.
ހެޔޮއެދޭ ފަރާތެއް ކަމަށްވާ މުޙައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ނޮޅިވަރަމް ސިއްޚީމަރުކަޒަށް ހަދިޔާ ކުރެއްވި ސިއްޚީ އާލާތްތަކުގެ ތެރޭގައި ސްޓެތޮސްކޯޕަކާއި، ޑިޖިޓަލް ބީޕީ މޮނިޓަރ އަކާއި، އެއްފަހަރާ ދެމީހުންނަށް ފަރުވާދެވޭ އޮކްސިޖަން މެޝިނަކާއި އަދި ސަކްޝަން މެސިނެއް ހިމެނެއެވެ. އަދި އޭގެ އިތުރު ސިއްޚީ އާލާތްތަކެއްވެސް ރަޝީދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެއެވެ.
މިތަކެތި ހަދިޔާ ކުރުމާއި ގުޅިގެން ނޮޅިވަރަމް ސިއްޚީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި މަރިޔަމް ހަބީބު ވިދާޅުވީ، ކޮވިޑް-19ގެ ބިރުވެރިކަން މުޅިރާއްޖެއަށްވެސް ބޮޑުވެފައިވާ މިދަނޑިވަޅުގައި ރަޝީދުގެ ފަރާތުން ލިބިގެން ދިޔައީ އެރަށު ރަށްޔިތުންނަށް ޚިދުމަތް ދިނުމަށް ވަރަށް ބޭނުންތެރި، މުހިންމު އާލާތްތަކެއް ކަމަށެވެ.
އެއާލާތްތައް ނޮޅިވަރަމް ސިއްޚީ މަރުކަޒަށް ހިލޭ ސާބަހަށް ހަދިޔާ ކޮށްދެއްވި ކަމަށްޓަކައި މަރިޔަމް ހަބީބު ވަނީ، ރަޝީދު(ގަދަގޭ ރަޝީދު)އަށް ޝުކުރު ދަންނަވާފައެވެ.
މުޙައްމަދު ރަޝީދަކީ މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ފަރާތެކެވެ. އެ އިންތިޚާބުގައި ރަޝީދަށް ނާކާމިޔާބުވީ ކުޑަ ތަފާތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!