ރައީސްގެ އާދޭސް: ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ، އެންގުންތަކަށް ޢަމަލުކުރައްވާ!
ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގަ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އި...