ދިވެހި ރާއްޖެއަކީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބަޔެއްގެ ގޮތުގައި ހެދުމަށް ރާއްޖޭގައި އެ ނެޓްވޯކް ހިންގާފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ފޮނުއްވެވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަނީ ތަފާތު ފިކުރުތައް އުފެދިފައިކަމަށާއި އެގޮތުން އަރަބި ކަރައިގައި އެއް ދައުލަތެއް ބޭއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއަށް ރާއްޖެ ވެއްދުމަށް ބަޔަކު މަސައްކަތް ކުރާކަމަށެވެ.
އިސްލާމް ދީނުގެ ނަމުގައި މަސައްކަތް ކުރާ ހަރުކަށި ފިކުރު، އައިއެސްއެސްގެ ސްޓޭޓަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކުރީއްސުރެއް ކުރެވޭކަމަށާއި އެހެންނަމަވެސް އެފުރުސަތު ދިވެހިން ނުދޭނެކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
އައިއެސް ޖަމާއަތުން އެ ހިންގާ މަސައްކަތްތަކުގައި ދިވެހިރާއްޖެއަކީ އެމީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކް ހިންގާ ރާއްޖޭގެ ރައްޔިތުންނާ ސިފައިން ތިބީ ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ނޫން
ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުތަކަށް ރާއްޖެއިން ފުރުސަތު ނުދޭނެކަމަށެވެ.
ހަރުކަށި ފިކުރު ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ އެކަމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި ދިވެހިން ޒަމާނުއްސުރެއް މަސައްކަތް ކުރަމުން އައީ އިންޑިޔާ ކަނޑުގެ މަސްލަހަތަށް ކަމަށާއި އެއީ ދިވެހިންނަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޒަމާނުއްސުރެއް ދިވެހިން އައީ އިންޑިޔާ ކަނޑުގައި މަސައްކަތް ކުރަމުން. ދަތުރުކުރަމުން. ވިޔަފާރި ކުރަމުން. ދިރިއުޅެމުން. މިކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންގެ ސިފައިން، މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މިރާއްޖޭގެ މިނިވަންކަން ކުޑަ މިނިްވަރަކަށްވެސް ދޫކުރާކަށެއްނޫން. އިރާދަކުރެއްވިއްޔަ އިންޑިޔާ ކަނޑުގައި ދިވެހިން އަބަދުވެސް ދެމިތިބޭނީ ވަރުގަދަކަމާއިއެކުގައި"
މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، 1800 އަހަރު ތަކުގައި އިންޑިޔާ ކަނޑުގެ އާރާއި ބާރަކީ އިގިރޭސީންގް އަތް ދަށުގައި އޮތް އެއްޗަކަށް ވީނަމަވެސް މިއަދު އެކަން ބަދަލުވެ މިސަރަހައްދުގެ ގައުމުތަކަށް މިނިވަންކަމާއިއެކު ވިޔަފާރިކުރުމާއި، ދަތުރުފަތުރު ކުރުމަށް ހުޅުވާލެވިފައިވާކަމަށެވެ. މިއީ މިނިވަކަންކަމުގެ އުފާ އެންމެބޮޑަށް ލިބިގެންދާ އެއްސަބަބުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އިންޑިޔާ ކަނޑު އަށާރަސަތޭކައިގައި އޮތީ އިނގިރޭސީންގެ ކަނޑެއްގެ ގޮތުގައި. އިގިރޭސި ރޯޔަލްނޭވީ އަދަނުއްސުރެއް ސިންގަޕޫރައި ދެމެދުގައި ހުރި ހުރިހާ އެކިއެކި މިލިޓަރީ ބޭސްތައް މަސައްކަތް ކުރަމުން ގެންދިޔައީ އިނގިރޭސީންގެ އާރާއި ބާރު އިންޑިޔާ ކަނޑުގައި ދެމެހެއްޓުމަށް. ދިވެހިންނަކީ 1000 މޭލު ބޮޑުމިނުގައި އިންޑީޔާ ކަނޑުގައި ފެތުރިފައި ތިބިބައެއް. އުތުރުން ދެކުނަށް. ހުޅަނގުން އިރަށް 600 މޭލު. އަޅުގަނޑުމެންގެ ސިޔާސީ، އިޤްތިޞާދީ ސަރަހައްދަކީ ސައުދީ އަރަބިއްޔާއަށްވުރެ ބޮޑު ސަރައްހައްދެއް"
މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސުންނާއި، ދައުލަތުގެ އިސްވެރިންނާއި، ސަރުކާރުގެ އެކި އިދާރާތަކުން ދަނީ ދިވެހި ރައްޔިތުންނަށް އަރިސްކުރަމުންނެވެ. މިއަދު ރާއްޖޭގައި ފާހަގަކުރަމުން ދަނީ މިނިވަންކަމަށް 55 އަހަރުފުރޭ، 56 ވަނަ މިނިވަން ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!