ފިލްމީ ތަރި މުޙައްމަދު ޔުނާންގެ ދަރިފުޅުގެ ފަރުވާއަށް އާސަންދަ ހަމަޖައްސައި ދީފައިވާކަމަށާއި، އަމްރިތާ ހޮސްޕިޓަލަށް ދެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ދަރިފުޅު ގޮވައިގެން މުލިއާ ގޭދޮށަށް ގޮސް އެކަން ސަމާލުކަމަށް އައުމާއި ގުޅިގެން އާސަންދައިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔޫން މުޙައްމަދު ޔުނާންގެ ބެލެނިވެރިން ބޭނުންވަނީ ތުއްތު ކުއްޖާގެ ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދާންކަމަށެވެ. އެހެންނަމަވެސް އެހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެފަރާތްތައް ވަކިން ކަރަންޓީންކޮށްފައިވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތައް ވަކިން އެކަހެރިކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓިންކޮށް ފަރުވާ ދެވޭނެ ޖާގަ ނެތްކަމަށް އެހޮސްޕިޓަލާއި ޙަވާލާދީ އާސަންދައިން ވިދާޅުވެއެވެ.
އާސަންދައިން ވިދާޅުވީ ބުދަ ދުވަހު ފުރާ ބެޗުގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ކުއްޖާ ފޮނުވުމަށް ހަމަޖެހިފައިވާއިރު ތުއްތު ކުއްޖާގެ ބެލެނިވެރިން އެގޮތް ބޭނުންނުވާތީ އަމްރިތާ ހޮސްޕިޓަލަށް ދެން ފޮނުވާ ބެޗެއްގައި އެއްކުއްޖާ ފޮނުވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އެތުއްތުކުއްޖާ ވަކިންވެސް އަމްރިތާ ހޮސްޕިޓަލަށް ފޮނުވޭތޯ މަސައްކަތް އާސަންދައިން މަސައްކަތްކޮށްފައިވާ ކަމަށެވެ، އަދި މިހާރު، ބުދަދުވަހު ފުރާ ފްލައިޓުން ކިމްސް ހޮސްޕިޓަލަށް ގޮސް އެހޮސްޕިޓަލުން އަމްރިތާ ހޮސްޕިޓަލަށް ކުއްޖާ ގެންދެވޭނެ އިންތިޒާމްވެސް ހަމަޖައްސައިދީފައިވާ ކަމުގައި އާސަންދައިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އުފަންވި ޔޫންއަކީ އުފެދުމުގައިވެސް ހިތުގެ މައްސަލައެއް ހުރި ކުއްޖެކެވެ. އޭނާ އުފަންވި ފަހުން 2 ދުވަސްތެރޭ ހިޔުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި ކޮންމެ ތިންމަހަކުން އެފަހަރު ސްކޭން ކޮށް ޓެސްޓުތައް ހަދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޑރ. ސުނިލް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!