ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފާއި، ހއ. ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކައެއް ކަމަށާއި، އޭނާއާއި އެ ބޯޓުގެ ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓްގައި އޭނާއާއި، ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކަ ދޮގު ކުރަށްވާފައި ވާއިރު، އެއީ ކޮން ވާހަކަ އެއްކަން ވިދާޅު ވެފައެއް ނުވެއެވެ.
މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ހަގީގަތަކީ އޭނާ ކެލާއަށް ފޮނުވަން ބޯޓަށް އެރުވި އެއްޗެއްގެ ނާލު ކަންތަކާއި ނޯތު ހާބަރުން، ސަވާރީ ބޯޓު ކުރިމަތިން ކެޕްޓަނާއި ބައްދަލުވި ކަމަށެވެ.
"އަޅުގަނޑާއި ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް، ހަގީގަތަކީ އަޅުގަނޑު ކެލާއަށް ފޮނުވަން ބޯޓަށް އެރުވި އެއްޗެއްގެ ނާލު ކަންތަކާއި ނޯތު ހާބަރުން، ސަވާރީ ބޯޓު ކުރިމަތިން ކެޕްޓަނާއި ބައްދަލުވި، ޝުކުރިއްޔާ"
މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވެފައި ވެއެވެ.
Alhuganda savaaree boat aai gulhuvaigen dhahkaa vaahak akee kadaelhigen dhogu vaahakeh, hagee gathakee alhugandu kelaa ah fonuvan boatah eruvi ehcheege naalu kanthakaa north habour in savaree boat kurimathin captain aai bahdhaluvi, shukriyya
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) August 2, 2020
ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ. އޭނާއަށް ވަނީ ޖެހިގެން އައި ދުވަހު ށ. ފޮނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައެވެ.
އޭގެ ފަހުން ޖުލައި 31 ވަނަ ދުވަހު ވަނީ އެ ބޯޓުން ދަތުރުކުރި އެރަށު އިތުރު 9 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިއެވެ. ކެލާއިން ގިނަ ޢަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ލުމަށްފަހު އޯގަސްޓް 1 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ ހާލަތުން ނަގާފައެވެ. އެޗްޕީއޭ އިން އެރަށް މޮނިޓަރިންގ ހާލަތުން ނެގި ނަމަވެސް، ކެލާ ކައުންސިލުން އެރަށުގައި އެޅި ރަށްކާތެރި ކަމުގެ ފިޔަވަޅުތައް އެކައުންސިލުން ވަނީ ދަމަހަށްޓާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!