އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ކުރި މުޒާހަރާއަކީ، އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށާއި، ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށާއި އަދި ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ޝަހީމް (އަންދު ހުސެން) ވިދާޅު ވެއްޖެ އެވެ.

ޙުސައިން ޝަހީމް މި މޭރުމުން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ މުޒާހަރާއެއް ކޮށްފައި ވަނިކޮށް، ރޭ ކުރަށްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

ޙުސައިން ޝަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާއަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށެވެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށާއި، ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށް ވެސް ޙުސައިން ޝަހީމް ވަނީ ވިދާޅު ވެފައެވެ.

"ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި މުޒާހަރާއަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާއެއް، ތެޅުނު ވަރަކަށް ދާނީ ހުޅުނބު، ވަގުން ހިފާ ހައްޔަރު ކުރާނެ"

މެމްބަރު ޙުސައިން ޝަހީމް،

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ވަނީ މުޒާހަރާކޮށް، ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާފައެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި 7000 ފްލެޓު ދިނުން ލަސް ކަމަށް ބުނެ އެމީހުން އަޑު އުފުލާފައި ވާއިރު، ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސަރުކާރުން ވައުދުވި މިނިމަމް ވޭޖު ދިނުމަށް ވެސް ވަނީ އަޑު އުފުލާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އެދި ވެސް އެމީހުން ވަނީ އަޑު އުފުލާފައެވެ.