ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހެއް ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއި އެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ.
މިކަން ހާމަކުރަށްވައި އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކޯވިޑް-19 ބަލީގައި މިރޭ 11:20 ހާއިރު އުމުރުން 52 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ނިޔާވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އެ އަންހެން މީހާ އައިޖީއެމްއެޗްގެ އީއާރއަށް އައިސްފައިވަނީ މިއަދު ހަވީރު 04:40 ގައި ނޭވާލާން ދަތިތަކެއް ވެގެންނެވެ.
Tonight at 11:20pm, a 52 yr old Maldivian female has passed away at IGMH.
She came to ER with breathing difficulty at 04:40pm.
This is the 17th #COVID19 death in the Maldives.
Our thoughts & prayers are with the bereaved family. May Allah grant her soul eternal peace in heaven
— Health Protection Agency (@HPA_MV) August 1, 2020
ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3949 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 1305 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2613 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ޚާއްޞަކޮށް ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 17 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 6 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 79817 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 815 މީހުން ތިބި އިރު، ހޮސްޕިޓަލުގައި އެޑްމިޓްކުރެވިގެން ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 72 އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!