ހއ. ދިއްދޫ ހިމެނޭހެން 7 ރަށެއްގައި މިއަހަރުތެރޭގައި އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ. ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މިހާރު 2 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ކ. ގާފަރާއި ރ.މަޑުއްވަރީގައި ތަރައްޤީކުރާ އައިސްޕްލާންޓުގެ މަސައްކަތްކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުގެ ގޮތުގައި 25 ޓަނުގެ 2 އައިސްޕްލާންޓު އެޅުމަށް މިހާރުވަނީ ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރެވިފައި، އަދި މީގެ އިތުރުން މިއަހަރުތެރޭ 5 އައިސްޕްލާންޓެއް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ހޯދާފައި
މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިއަހަރުތެރޭ އައިސްޕްލާންޓުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 7 ރަށުގެ ތެރެއިން 5 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑުގެ މާލީ އެހީގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި 5 ރަށުގެ ލިސްޓު ފިޝަރީޒް މިނިސްޓްރީން އަދި ހާމަކޮށްފައެެއް ނުވެއެވެ. ނަމަވެސް އޭގެތެރޭގައި ގއ. ގެމަނަފުށީގަ އާއި ހއ.ދިއްދޫ ހިމެނޭ ކަމަށް އެމިނިސްޓްރީން ކޮމިޓީގައި ދެއްކި ވާހަކަތަކުގައި ވަނީ ބުނެފައެވެ.
މިހާރު ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވަނީ މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޤާއިމްކުރާ އައިސްޕްލާންޓުތަކެކެވެ. އެގޮތުން 25 ޓަނުގެ 2 އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ.
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފާރުއަދި ރ. މަޑުއްވަރީގައި 2 އައިސް ޕްލާންޓްޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ބީލަމުގެ އުސޫލުން މިމަސައްކަތް ހަވާޅުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި އެވެ. މިޕްރޮޖެކްޓް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ޖުމްލަ 7,992,529.30 ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މިއައިސްޕްލާންޓްތައް ޤާއިމްކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށްބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި މިމިނިސްޓްރީއިން ދެކެމެވެ.
މީގެ އިތުރުން ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން ކުމުންދޫ ކައުންސިލުންވަނީ މިދިޔަ އަހަރު އޯގަސްޓް މަހު އިއުލާނު ކޮށްފައެވެ. މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ.
މި އައިސް ޕްލާންޓުތަކާއި އެކު މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!