ސައިކަލް ބުރުގައި ބައިވެރިވި ހުރިހާ ޒުވާނުން ޖޫރިމަނާ ކުރިނަމަ ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް: އަދުރޭ
ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ ދައުލަތަށް ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން” ލީޑުކުރަށްވާ، ކުރީގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދުރޭ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައިއެވެ. އަދުރޭ ވިދާޅުވީ ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ...