ޒުވާން އަންހެނެއްގެ ކުއްލި މަރާއި އެކު އެމައްސަލަ ފުލުހުން ތަހުގު ކުރަން ފަށައިފި އެވެ.

ފުލުސް އިދާރާއިން މިރޭ މެންދަމު ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މިރޭ 11:42 އެހާކަންހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ 21 އަހަރުގެ ޒުވާން އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ހޮސްޕިޓަލުން ފުލުހަށް ފޮނުވާފައިވާ ކަމަށެވެ.

Ad
rt

އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށް ވެސް ފުލުސް އިދާރާއިން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ކުރިން ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ޒުވާނެކެވެ. އަދި މިޒުވާނާއަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނެއްކަމަށް މަޢުލޫމާތުލިބިފައިވެ އެވެ.

މި މަރާބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.