ކޯވިޑް-19 ގެ ސަބަބުން މުޅިދުނިޔެއަށް ވަނީ ދަތިކަން ކުރިމަތިވެފައި ކަމަށާއި، މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް އެދަތިކަމުގެ އިހުސާސްވާނެ ކަމަށް ގަބޫލުނުކުރާ އެތައްބަޔަކު އުޅުމަކީ ހިތްދަތިކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ވިންދާއެގޮތަށް އަބަދުވެސް ވަކާލާތު ކުރަށްވާ ކަމަށް މަޝްހޫރުވެފައިވާ، މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.
"މުޅިދުނިޔެއަށް ދަތިކަންއައިސް ވަށާލިޔަސް މާލޭގައި ކުއްޔަށްއުޅޭ މީހުންނަށް އެދަތިކަމުގެ އިހުސާސްވާނެ ކަމަށް ގަބޫލުނުކުރާ އެތައްބަޔަކު އުޅުމަކީ ހިތްދަތިކަމެއް"
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ޙުސައިން، ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ޢަލީ މިގޮތަށް ވިދާޅުވެފައި ވާއިރު، ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަން، ދުނިޔޭގެ އެހެން ރައްޔިތުން ތަހައްމަލު ކުރަމުންދާ ބީދައިން ދިވެހިން ވެސް ދަނީ ތަހައްމަލު ކުރަމުންނެވެ.
ރާއްޖޭގެ ކަންކަން މިހާތަނަށް ފަހިކޮށްފައި އޮތީ ވެރިރަށް މާލެއަށް އަތޮޅުތަކުގެ ރައްޔިތުން ބަރޯސާވާން ޖެހޭގޮތަށް ކަމަށް ވުމުން ވަޒީފާއާއި، ބޭސް ފަރުވާއާއި، ތައުލީމް ފަދަ އެތައް މުހުތާދެއްގައި އަތޮޅުތަކުގެ އެތައް ހާސް ރައްޔިތުންނެއް މާލެ ސިޓީގައި ކުއްޔަށް އުޅެމުން ދެއެވެ.
މުޅިދުނިޔެއަށް ދަތިކަންއައިސް ވަށާލިޔަސް މާލޭގައި ކުއްޔަށްއުޅޭ މީހުންނަށް އެދަތިކަމުގެ އިހުސާސްވާނެ ކަމަށް ގަބޫލުނުކުރާ އެތައްބަޔަކު އުޅުމަކީ ހިތްދަތިކަމެއް.
— Ali Hussain (@AleeVoice) August 27, 2020
އޭގެ ތެރެއިން އެތައް ބައެއްގެ އާމްދަނީ ހުއްޓުމުން އެތައް ޢާއިލާއެއް މަގުމަތިވެގެން ދާއިރު، އެތައް ޢާއިލާއެއް ކުލި ނުދެއްކި އެބަތިއްބެވެ. އަދި މާލޭގައި ކުއްޔަށް އުޅޭ މާލޭ މީހުން ވެސް ދަނީ މިހިތްދަތިކަން ތަޖުރިބާ ކުރަމުންނެވެ.
މާލޭގައި ކުއްޔަށް އުޅޭ އެތައް ޢާއިލާއެއް ގޮތް ހުސްވެ، އުފަން ރަށް ދަނީ ހިޖުރަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!