ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު
ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫޢުތަކަށް ހެދޭ އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ވާންޖެހޭނީ ވިޔަފާރީގެ އުސޫލުން “ނަމަކަށް” ހެދޭ ރިޕޯޓަކަށް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ކ. ދިއްފުށްޓަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން އެ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ކ...