ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި އެއްވެސް ގައުމެއްގައި ހިތަށްއެރިހާ ގޮތަކަށް، ހިތަށް އެރިހާ ވާހަކައެއް ނުދެއްކޭ ކަަމަށް ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މެންބަރު އަޙްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

މެންބަރު އަހްމަދު ވިދާޅުވީ، ގައުމީ ސަލާމަތާގުޅޭ ކަންކަމުގައި ކޮންމެ މީހަކު އެމީހަކު ހިތުހުރިހާ ވާހަކައެއް ބޭނުންހާ ގޮތަކަށް ދެއްކުމަކީ އެއްވެސް ގައުމެއްގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އަޙްމަދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ބަޔަކު ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. އެ ހަމަލާއަށް ފަހު ގައުމީ ސަލާމަތީ ކަންކަމާގުޅިގެން ރާއްޖޭގައި ވަނީ ބަހުސެއް ވެސް އުފެދިފައެވެ.

މީގެއިތުރުން ނަފުރަތުގެ އަމަލު ހިންގުމަކީ އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް، ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ވަނީ ރައީސް އޮފީހަށް ބިލެއް ވެސް ފޮނުވާފަ އެވެ.